ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު ވާދަކުރައްވަނީ

24 Apr 2019 | 12:37

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދާއި އެކު އުފެއްދެވި ޕީޕަލްސް ނެޝެނަލް ކޮންގްރެންސް (ޕީއެންސީ)ގެ ނައިބު ރައީސް ކަމަށް 6 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ނައިބު ރައީސުންނަށް ކުރިމަތިލައްވާފައި ވަނީ ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން، ޕީޕީއެމްގެ ކުރިގެ އެސްޖީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފް(މުންދު)، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހްމަދު ނިމާލެވެ.

ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި 6 ބޭފުޅަކު އިންތިޚާބު ކުރާނެއެވެ.

ހޮނިހިރު ދުވަހު ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެޕާޓީގެ ރައީސްކަމަށް މިހާތަނަށް ކުރިމަތިލައްވާފައި ވަނީ އެޕާޓީގެ ވަގުތީ ރައީސްކަން ކުރައްވަމުން ގެންދަވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމެވެ.

ފާއިތުވި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރަޖިސްޓްރީ ކުރި ޕީއެންސީގެ ކޮންގްރެސްގައި އެޕާޓީގެ ކައުންސިލަށް 20 މެމްބަރުން، އަދި އިސްތިއުނާފް ކޮމިޓީ އަށް ތިން މެމްބަރުންނާއި އިންތިޚާބުތަކާ ބެހޭ ކޮމިޓީ އަށް ފަސް މެމްބަރުން އިންތިޚާބު ކުރާނެއެެވެ.

Advertisement

ކޮމެންޓް