Advertisement

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

24 Apr 2019 | 20:11

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މާދަމާ މެންދުރު 1:00 އަށް އަޑުއެހުން ތާވަލް ކޮށްފައިވާއިރު އެއީ މައްސަލައިގެ އިބްތިދާހީ އަޑުއެހުމެވެ.

އިބްތިދާއީ އަޑުއެހުމަކީ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމުގެ އިތުރަށް އުފުލާފައިވާ ދައުވާއަށް އޭނާ ޖަވާބުދާރީވާނެ ގޮތެއް ބެލުމަށް ބާއްވާ އަޑުއެހުމެކެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް އެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް ފާއިތުވި ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުގައި ބޭއްވިއެވެ. އެ އަޑުއެހުމުގައި އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރިއެވެ. އެހެން ނަމަވެސް ފަހުން ހައިކޯޓުން އެ އަމުރު ވަނީ ބާތިލްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement