Advertisement

އާރތްޑޭ 2019 ފާހަގަކުރުމުގެ ގޮތުން އެމެރިކަން ސެންޓަރ މާލެއިން މިއުރަލްއެއް ކުރަހައިފި

25 Apr 2019 | 11:25

އާރތްޑޭ 2019 ފާހަގަ ކުރުމުގެ ގޮތުން އެމެރިކަން ސެންޓަރ އިން މިއުރަލްއެއް ކުރަހަމުން ދާކަމަށް އެމެރިކަން އެންބަސީގެ ފަރާތުން ހާމަކޮށްފިއެވެ.

އިތުރަށް މައުލޫމާތު "ވޮއިސް" އަށް ދެއްވަމުން އެމެރިކަން ސެންޓަރގެ ފަރާތުން ވާހަކަދެއްކެވި އައިމިނަތު ޝިޒްލީން ވިދާޅުވެފައިވާގޮތުގައި މި މިއުރަލް ކުރަހަމުން ގެންދަނީ ސޯޝަލް ސެންޓަރގެ ބޭރުމަގަށްވާ ފާރުގައި ކަމަށާއި މިއީ އާރތްޑޭ 2019 އާއި ގުޅިގެން އެމެރިކަން ސެންޓަރގެ ވޮލެންޓިއަރުންގެ ޝުއޫރުތައް ފާޅުުރުުގެ ގޮތުން ކުރަހަމުންދާ ކުރެހުމެއްކަމަށް ޝިޒްލީން ވިދާޅު ވެފައިވެއެވެ.

މިކުރެހުމުން ފާއިތުވި 12 މަސްދުވަހުގައި ރާއްޖޭގެ ޙަބަރުތަކުން ފެނިގެން ދިޔަ ތިމާވެއްޓާއިގުޅުން ހުރި އެކި ހަބަރުތަކުގެ ތަސްވީރުތައްވެސް ފެނިގެން ދާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރ އަކީ ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރި ކުރުމުގެ ގޮތުން ގިނަ ޕްރޮގްރާމުތަކެއް ހިންގަމުން އަންނަ ފަރާތެކެވެ.

ސިޒްލިން ވިދާޅުވިގޮތުގައި ގިނަ ޕޮރްގްރާމްތަކެއް މިހާރުވެސް ކުރިއަށް ގެންދާކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ޕްރޮގްރާމް ތަކެއް ބޭއްވިގެން ދާނޭކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް