ސުޕްރީމް ކޯޓުން ސިރާޖު ހާޒިރުކުރަން ނިންމައިފި

25 Apr 2019 | 16:38

ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު މޫސާ ސިރާޖު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން ވަނީ މިއަދު 15:00 އަށް މޫސާ ސިރާޖު ޑީޖޭއޭއަށް ހާޒިރުވާން އަންގާފައެވެ.

ސިރާޖު ހާޒިރުވާން އެންގީ ބެލެވޭ ގޮތުގައި  މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓާއި ގުޅިގެންނެވެ. 

ސިރާޖުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ތިބީ ކޮރަޕްޓް ފަނޑިޔާރުން ކަމަށާއި އެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑީޖޭއޭ އަށް ހާޒިރުވާން އެންގުމުން ސިރާޖު ޓްވިޓާގައި ވިދާޅުވެފައި ވަނީ، އޭނާ ކޯޓަށް ހާޒިރު ކުރި ނަމަވެސް، ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުން ބަދަލެއް ނުކުރައްވާނެ ކަމަށެވެ. އަދި ފަނޑިޔާރުގެ އިސްލާހު ކުރައްވަން ކުރައްވާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށެވެ.

Advertisement

ކޮމެންޓް