Advertisement

ރައީސް ޔާމީނާއި ދެކޮޅަށް ހެކިންގެ ގޮތުގައި އަދީބާއި ޒަމީރު!

25 Apr 2019 | 15:42

މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ނަން ދައުލަތުން ހުށަހަޅައިފިއެވެ.

ރައީސް ޔާމިންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވެސް ހިމެނެއެވެ.

ޒިޔަތު އާއި އަދީބު ގެންދަވަނީ އެބޭފުޅުންގެ މައްޗަށް އެމްއެމްޕީއާރްސީ ޚިޔާނަތުގެ މައްސަލައިގައި އިއްވާފައިވާ ހުކުމްތައް ތަންފީޒް ކުރަމުންނެވެ.

މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ހެކި ދައުލަތުން ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހުށަހަޅާފައެވެ. 

Advertisement

ކޮމެންޓް