Advertisement

މާދަމާ ލަންކާގައި ހުކުރު ނަމާދު ނުކުރުމަށް އިރުޝާދުދެނީ

25 Apr 2019 | 22:55

ސްރީލަންކާއަށް ކުރިމަތިިވި ނުރައްކާތެރި ހަމަލާތަކާއި ގުޅިގެން އުފެދިފައިވާ ބިރުވެރިކަމާއި ގުޅިގެން މާދަމާ ޖަމާޢަތުގައި ހުކުރު ނަމާދު ނުކުރުމަށް އިރުޝާދު ދޭން ފަށައިފިއެވެ.

މިގޮތަށް އިރުޝާދުދޭން ފަށާފައިވަނީ މަގުބަރާތައް ހުންނަ ބައެއް މިސްކިތްތަކަށް މާދަމާ ހަމަލާދީފާނެކަމަށް ބުނެ އަޑުތަކެއް ފެތުރެމުންދާތީއެވެ.

ސްރީލަންކާގެ މުސްލިމް އެފެއާޒް މިނިސްޓަރ އަބްދުލް ހަލީމް މުހައްމަދު ހާޝިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މާދަމާ ޖަމާއަތުގައި ހުުކުރު ނަމާދު ކުރުމުގެ ބަދަލުގައި ގެތަކުގައި ތިބެ، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި އަޅުކަންކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ޓެރަރިސްޓް ގާތިލުންގެ އަމަލުތައް ހަލާކުކޮށްދެއްވުމަށް އެދި މާާތްﷲ ގެ ހަޟްރަތުން ދުއާކުރަން ޖެހޭކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްރީލަންކާގެ އެންމެ ބޮޑު މުސްލިމް ޖަމާއަތް ކަމުގައިވާ އޯލް ސިލޯން ޖަމިއްޔަތުލް އުލަމާއިން ވަނީ އާދިއްތަ ދުވަހުގެ ހަމަލާދިން ފަރާތްތަކުގެ ހަށިގަނޑުތަކާއި ހަވާލުުނުވާނެކަމަށް ބުނެފައެވެ. އަދި އެފަރާތުން ވަނީ އެމީހުންގެ ހަށިގަނޑުތައް މިސްކިތުގައި ވަޅުލުންވެސް މަނާކޮށްފައެވެ.

Advertisement

ކޮމެންޓް