ހުޅުމާލެ ރައްޔިތުންގެ ޝަރަފުގައި ހުޅުމާލެ އިންތިހާބީ މެންބަރު ނިޔާ މާހެފުމެއްދެއްވައިފި

25 Apr 2019 | 23:27

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެން ޢަލީ ނިޔާޒް، ހުޅުމާލެ ރައްޔިތުންގެ ޝަރަފުގައި މާހެފުމެއް ބާއްވައިފިއެވެ.

މިރޭ ޢާޒީ ސްކޫލް ކުރިމަތީ ހުސްބިމުގައި ބޭއްވި މި މާހެފުމުގައި ނިޔާޒްގެ އިތުރުން ހުޅުމާލެގައި ދިރިއުޅޭ ގިނައަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ނިޔާޒްއާއި ވާދަކުރެއްވި ކެނޑިޑޭތް ސަންޗޭޒް ވެސް ހިމެނެއެވެ.

ވޮއިސް އާއި ވާހަކަ ދައްކަވަމުން ނިޔާ ވިދާޅުވިގޮތުގައި މަޖިލިސް ހުޅުވުމުގެ ކުރިން ދާއިރާގައި ނިޔާޒްގެ އޮފީހެއް ހުޅުވިގެންދާނެއެވެ.

ނިޔާޒް ވަނީ މަޖިލިސް އިންތިހާބުގެ ދުވަސްވަރު ކެންޕެއިންގައި އެމަނިކުފާނު މެންބަރުކަމަށް ހޮވިވަޑައިގެންފިނަމަ ދާއިރާގެ ރައްޔިތުންނަށް ޙާއްސަކުރެވިގެން އޮފީހެއް ހުޅުވާނެކަމަށް ވިދާޅުވެފައެވެ.

މިރޭ ހުޅުމާލެގައި ބޭއްވުނު މާހެފުމުގައި ވަނީ ދެ ޖިންސުގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފަކަން ފާހަގަކޮށްލަންޖެހެއެވެ.

Advertisement

ކޮމެންޓް

Advertisement