ލަންކާގައި ސޯޝަލް މީޑިޔާ އެއްކޮށް މަނާކުރަން ޖެހިދާނެ: ސިިރިސޭނާ

26 Apr 2019 | 11:20

ލަންކާާގައި މިވަގުތު އުފެދިފައިވާާ ނުރައްކާތެރި ހާލަތާއި ގުޅިގެން ދޮގު މައުލޫމާތު ފެތުރެމުންދާތީ، ސޯޝަލް މީޑިޔާ އެއްކޮށް މަނާކުރަން ޖެހިދާނެކަމުގެ އިންޒާރު އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްެޖެއެވެ.

ސިރިސޭނާ މިހެން ވިދާޅުވީ ގައުމާއި މުޚާތަބު ކުރައްވާ ވާހަކަފުުޅު ދައްކަވަމުންނެވެ.

ސިރިސޭނާ ވިދާޅުވީ އާދިއްތަ ދުވަހުގެ ހަމަލާތަކާއި ގުޅިިގެން ވަގުތީގޮތުން ސޯޝަލް މީޑިޔާ މަނާކުރުމަށްފަހު، އިއްޔެ އެކަން އުވާލުމަށް ވިސްނަމުންދިޔަ ކަމަށެވެ. ނަމަވެސް އިއްޔެ އެކަން ކޮށްފައިނުވަނީ ދޮގު މައުލޫމާތު ފެތުރެމުން ދިޔުމާއި ގުޅިގެންކަމަށެވެ. އަދި ދޮގު މައުލޫމާތު ފެތުރުން ނުހުއްޓޭނަމަ ސޯޝަލް މީޑިޔާ އަބަދަށްޓަކައި ބްލޮކް ކުރަން ޖެހިދާނެކަމުގެ އިންޒާރު ރައީސް ވަނީ ދެއްވާފައެވެ.

އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި އައިއެސް ޖަމާއަތާއި ގުޅުންހުރި 140 ވަރަކަށް މީހުން ލަންކާާގައި އުޅެމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި މިހާތަނަށް އޭގެން 70މީހުން ހައްޔަރުކުރެވިފައިވާ ކަމަށާއި، ބާކީ ފަރާތްތައް ވަރަށް އަވަހަށް ހައްޔަރުކޮށް މިކަންތައްތައް ނިންމާލާނެކަމަށް ރައީސް ސިރިސޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ސްރީލަންކާއިން އައިއެސް ޖަމާއަތުގެ ނުފޫޒު ނައްތާލުމުގެ ގާބިލްކަން އެގައުމުގެ ސަލާމަތީ އިދާރާތަކުގެ ކިބައިގައި ވާާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ހަމަލާތަކުގެ ޒިންމާ ސަރުކާރުންވެސް ނަގަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement