Advertisement

މަސްތުވާތަކެއްޗާއި އެކު 19 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

26 Apr 2019 | 12:33

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ވެރިރަށް މާލޭގައި ހިންގި އޮޕަރޭޝަންތަކެއްގައި  މަސްތުވާތަކެއްޗާއެކު 19 މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތު ތަކަކާއި ގުޅިގެން ހިންގި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 38 އަހަރާއި ދެމެދުގެ ދިވެހި ފިރިހެނުން ކަމަށެވެ.

އެގޮތުން މިއަދު ހިންގި ފުރަތަމަ އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައިފާސްކުރީ ގަލޮޅު އަވަށުގެ ގެއެކެވެ. އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 1211 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ގަލޮޅު އަވަށުގެ ގެއިން ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު 13 ފިރިހެނުންނެވެ.

ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަންގައި ވެސް ބަލައި ފާސްކޮށްފައި ވަނީ ގަލޮޅު އަވަށުގެ ގެއެކެވެ. އެގެއިންމަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 62 ރަބަރު ޕެކެޓު އެގެއިން ފެނުނު އިރު މައްސަލަ އާއި ގުޅިގެން 5 ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. 


Advertisement

ކޮމެންޓް

Advertisement