ދީނުގެނަމުގަ މުސްލިމުން ކަތިލާ ބަޔަކީ އިސްލާމީ އުންމަތަށް ނިސްބަތްކުރުން ހެޔޮވާވަރު ބައެއް ނޫން: އައްޝައިޚް އަޙްމަދު ސަމީރު

27 Apr 2019 | 05:12

އިސްލާމްދީނުގެ ނަމުގައި އެބައެއްގެ އަތްތަކުން މުސްލިމުން ކަތިލައި މަރާ ބަޔަކީ އިސްލާމީ އުންމަތަށް ނިސްބަތްކުރުން ހެޔޮވާވަރު ބައެއް ނޫންކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އަވައްޓެރި ސްރީލަންކާގައި ދާދިފަހުން ދިން ޓެރަރިސްޓު ހަމަލާއަށް ޢިޝާރާތްކުރައްވައި ޝައިޚް ސަމީރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ އެއްވެސްތަނެއްގައި މުސްލިމުން އަމާންކަމާއެކު އުޅުނަ ނުދޭން އުޅޭ ބަޔަކީ އިސްލާމީ އުންމަތަށް ނިސްބަތްކުރުން ހެޔޮވާވަރު ބައެއް ނޫންކަމަށެވެ.

"ދީނުގެނަމުގައި އެބައެއްގެ އަތްތަކުން މުސްލިމުން ކަތިލައި މަރާފައި، އެވަރުން ނުވެގެން، ދުނިޔޭގެ އެއްވެސްތަނެއްގައި މުސްލިމުން އަމާންކަމާއެކު އުޅުނަ ނުދޭން އުޅޭ ބަޔަކީ އިސްލާމީ އުންމަތަށް ނިސްބަތްކުރުން ހެޔޮވާވަރު ބައެއް ނޫނެވެ." ޝައިޚް ސަމީރު ވިދާޅުވެފައިވެއެވެ.

ސްރީލަންކާގެ ފައްޅިތަކާއި ހޮޓާތަކަށް ދިން ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވި މި ލާއިންސާނީ ޙަމަލާއަށް އިޝާރާތްކުރައްވައި ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝަައިޚް ޢަބްދުﷲ ބިން މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މީސްތަކުންގެ ނަފްސާއި ލެޔާއި މީސްތަކުންގެ ގެދޮރަކީ އިސްލާމްދީނުގައި ޙުރުމަތްތެރި ކުރައްވާފައިވާ އެއްޗެހިކަމަށާއި ކާފަރުންގެ މައްޗަށްވެސް ޣަދަރުވެރިވުންވަނީ މުސްލިމުންގެ މައްޗަށް ޙަރާމްވެގެންކަމުގައެވެ.

Advertisement

ކޮމެންޓް