Advertisement

ފޮތަކާއި ގުޅިގެން ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

27 Apr 2019 | 14:26

ސްރީލަންކާގައި މިދިޔަ އާދިއްތަ ދުވަހު ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާއާއި ގުޅިގެން، ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ ބަލާފާސްކުރުމުގެ އޮޕަރޭޝަންގައި ފޮތެއްގެ މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިއްޔެ ހަވީރު ހައްޔަރުކުރެވުނު މި ދެ ފަރާތުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މެއި މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮލަމްބޯގެ ސަރަަހައްދަކުން ގެންދެވުނު ދިވެހިން ހައްޔަރުކޮށްފައިވަނީ އެގޭ ބަލާފާސްކުރިއިރު، އެގޭގައި ދިރިއުޅޭ އިންޓަރނޭޝަނަލް ރިލޭޝަންސް ކިޔަވާ ދަރިވަރަކު ކިޔަން ގެންގުޅުނު އައިއެސް ޖަމާއަތާއި ބެހޭ ފޮތެއް ފެނިގެންެނެވެ. ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ދަރިވަރު މިވަގުތު ހުރީ ޗުއްޓީ ދަތުރެއްގައި މާލޭގައެވެ. ފުލުހުންގެ ހައްޔަރަށް ގެންދެވިފައިވަނީ އެކުއްޖާގެ ބޭބެއެކެވެ.

މީގެ އިތުރުން އެގެއިން ވަނީ ބޭސްފަރުވާއަށް ގޮސްފައިވާ ހުރި މީހަކުވެސް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެނގިފައިވާ ގޮތުގައި އެ މީހަކީ އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް ފުނަމާއެވެ. ފުނަމާއަކީ އާންމުގޮތެއްގައި ބޭސްފަރުވާއަށް ލަންކާއަށް ގޮސް، އެގޭގައި ހުންނަ މީޙެކެވެ.

މިފޮތަކީ ޖޯބީ ވޮރިކް ނަމަކަށް ކިޔާ ފަރާތަކުން ލިޔުނު، ބްލެކް ފްލެގްސް: ދަ ރައިސް އޮފް އައިސިސް ކިޔާ ފޮތެކެވެ. މި ފޮތަކީ ސްރީލަންކާގެ ބުކްޝޮޕަކުން އެ ދަރިވަރު ގަތް ފޮތެކެވެ.

Advertisement

ކޮމެންޓް