ރާއްޖޭގެ ވެރިކަމަށް ޕީއެންސީ އަންނާނެ: އަދުރޭ

28 Apr 2019 | 22:28

ދިވެހިރާއްޖޭގެ ވެރިކަމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް ޕާޓީ އަންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަމަށް ކޮންގްރެސް ޕާޓީ އަންނާނެ ކަމާއި މެދު އެބޭފުޅާގެ ހިތުގައި ކުޑަވެސް ޝައްކެއް ނެތް ކަމަށެވެ.

ކޮންގްރެސް ޕާޓީ މިރާއްޖޭގެ ރިޔާސަތާ ހަވާލުވުމާމެދު އަޅުގަނޑު ހިތުގައި އެއްވެސް ޝައްކެއް ނެތް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅުގެ މަތިން އުފެއްދެވި ޕާޓީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސިޔާސީ މައިދާނުގައި އެ ޕާޓީގެ އަޑު ކަނޑުވާނުލެވޭނެ ކަމަށާއި އަދި ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދީ، މުސްތަގުބަލު އުޖާލާ ކޮށްދޭނެ ޕާޓީ އަކަށް ޕީއެންސީ ވެގެންދާނެ ކަމަށެވެ.

ޕީއެންސީގެ ރައީސް ކަމަށް އަބްދުއްރަހީމް އައްޔަންކޮށްފައިވަނީ އިންތިޚާބަކާއި ނުލައެވެ. އެއީ އެ މަގާމަށް އެބޭފުޅާ ފިޔަވައި އެހެން ފަރާތަކުން ވާދަކޮށްފައި ނުވާތީއެެވ. 

Advertisement

ކޮމެންޓް