އަދީބުގެ މައްސަލަ ބާތިލު ކުރުމަށް ސުޕްރީމް ކޯޓުގައި ދައުލަތުން އެދެފި

28 Apr 2019 | 15:34

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެއްގުޅުއްވި ކަމަށްބުނާ މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ ދިހަ އަހަރުގެ ޖަލު ހުކުމް ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން، ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ އޭނާގެ އަތުން ފިސްތޯލަކާއި ވަޒަން ތަކެއް ފެނުނު ކަމަށް ބުނެއެވެ.

އަދީބް ގެ ގާނޫނީ ވަކީލް އިސްމާއިލް މުހައްމަދު ވިދާޅުވި ގޮތުގައި އަދީބާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން މީހުންވެސް އަދީބުގެ އަތުން ފިސްތޯލަކާއި ވަރަށް ވައްތަރު އެއްޗެއް ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މި މައްސަލައިގައި އަދީބުގެ އަތުން ފެނުނު ކަމަށް ބުނާ ފިސްތޯލައާއި ވަޒަންގެ ފޮރެންސިކް ތަހުގީގެއް ހުށަހަޅާފައި ނުވާކަން ފާހަގަކޮށް އިއްސެ ވިދާޅުވީ މި ފަދަ މައްސަލައެއްގައި އެކްސްޕާޓެއްގެ ބަހަކީ މުހިއްމު އެއްޗެއް ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވިގޮތުގައި އަދީބްގެ މައްޗައް ހުކުމް އިއްވާފައިވަނީ ތިންމީހެއްގެ ހެކިބަހަށް އެކަނިކަމާއި މިފަދަ މައްސަލައެއްގައި އެކްސްޕާޓެއްގެ ބަހަށް ރިޔާއަށް ކުރަންވާނެކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ މި މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމެވެ.

Advertisement

ކޮމެންޓް