Advertisement

ފިލްމީތަރި ނިއުމާ އެމްއާއެމްއަށް

28 Apr 2019 | 16:15

މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދު މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަށް ސޮއިކޮށްފިއެވެ.

ނިއުމާ އެމްއާރުއެމް އާއި ގުޅުމުން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ނިއުމާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ނިއުމާ އެމްރާއެމްއަށް ސޮއި ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ނިއުމާ މިހާތަނަށް މަސައްކަތް ކޮށްފައިވާ ހުރިހާ ފިލްމަކުންވެސް ފެނިގެން ގޮސްފައިވަނީ މުޖުތަމައަށް އޭގެ ސަބަބުން ކުރާނެ ފައިދާ ކަމުގައިކަމަށާއި ނިއުމާއަކީ ޕާޓީ ޕްރޮމޯތްކުރަން ބޭނުންކުރެވޭނެ ވަރުގަދަ ފަރާތެއް ކަމުގައި ފާހަގަކުރައްވާފައި ވެއެވެ.

އެމްއާރްއެމް އަށް ނިއުމާ ސޮއިކޮށްފައިވާއިރު އެ ޕާޓީން އަންނަނީ 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ވަރަށް ބާރުމިނެއްގައި ކުރަމުންނެވެ.

Advertisement

ކޮމެންޓް