Advertisement

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ޝަމީމް އިންޑިއާއަށް އެތެރެވިޔަ ނުދީ ބޭރުކޮށްލަނީ

12 Oct 2018 | 22:25

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ޝަމީމް އަވައްޓެރި އިންޑިއާއިން ސަލަމާތީ ސަބަބު ތަކަށްޓަކައި ކަމަށް ބުނެ އެތެރެވިޔަ ނުދީ ބޭރުކޮށްލަން ނިންމައިފިއެވެ.

ޝެއިހް ޝަމީމް ހިފަހައްޓައިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގެ އެއާޕޯޓުނުނެވެ.

ޝެއިހް ޝަމީމް މިވަގުތު ހުންނެވީ އިންޑިއާގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށް އިންޑިއާގައި ހުންނަ ދިވެހި ސަފީރު މައުލޫމާތު ދެއްވައެވެ.

ދިވެހި ސަފީރު އިތުރަށް ވިދާޅުވެފައިވަނީ އިންޑިއާއަށް ޝެއިހް ޝަމީމް އެތެރެވިޔަ ނުދިން ސަބަބެއް ކަމާބެހޭ ފަރާތްތަކުން ސާފުކޮށް ނުދޭކަމަށާއި އެހެންކަމުން އެއީ ޑީޕޯޓްކޮށްލުން ނޫން ކަމުގައެވެ.

ޓްރިވެންޑްރަމްއިން އެންމެ އަވަހަށް ރާއްޖެ އަންނަ ފުލައިޓަކުން ޝެއިހް ޝަމީމް ފޮނުވާލާގޮތަށް އޮތީ ހަމަޖެހިފައެވެ.

އިންޑިއާއިން ވަނީ އެކިފަހަރު އެ ޤައުމުގެ މީޑިއާތަކުގައި ރާއްޖޭގައި ހައްދުފަހަނަޅާފައިވާ އިސްލާމީ ފިކުރު އާލާވަމުން ދާކަމަށް ތުހުމަތުކޮށްފައެވެ. އަދި އެއީ އިންޑިއާގެ ސަލާމަތައް ހުރި ނުރައްކަލެއް ގޮތުގައި އިންޑިއާއިން ދަނީ ފާހަގަކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement