ރައީސް ޞާލިހްއަށް މަޖިލިސް ކާމިޔާބުކުރެއްވުނީ ނަޝީދު ފަހަތްޕުޅުގައި އިންނެވީތީއެއް ނޫން: ޑީޑީ

29 Apr 2019 | 09:57

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއަށް ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރެއްވުނީ ރައީސް ނަޝީދު ފަހަތްޕުޅުގައި އިންނެވީތީ ނޫންކަމަށް ނަޝީދު ސަރުކާރުގެ ފިޝަރީސް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑީޑީ ވިދާޅުވެއްޖެއެވެ.

ޑީޑީ މިހެން ވިދާޅުވެފައިމިވަނީ ސަންގުޓީވީގައި ވާހަކަ ދައްކަވަމުންނެވެ.

ޑީޑީ އިތުރަށް ވިދާޅުވިގޮތުގައި ރައީސް ޞާލިހް މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވުމުގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭކަމަށް ވިދާޅުވެފައެވެ. އަދި އެއީ ކުރީގެ ރައީސް ނަޝީދު ރައީސް ޞާލިހް ފަހަތްޕުޅިގައި ހުންނެވީތީ ލިބުނު ކާމިޔާބީއެކޭ ނުބުނެވޭނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައީސް ޞާލިހް އަކީ އެންމެން ބަލައިގަނެވޭ ސިޔާސީ ލީޑަރަކަށް ވުމާއި، އިދިކޮޅު ޕާޓީތަކުގެ އެންމެނާއެކުވެސް ވާހަކަ ދައްކާލެވޭ ބޭފުޅަކަށް ރައީސް ޝާލިހް ވުމެވެ. އަދި ރައީސް ޝާލިހްގެ 25 އަހަރުގެ ސިޔާސީ ތަޖުރިބާއަކީވެސް މިކާމިޔާބީގެ ބައެއްކަން ފާހަގަކުރައްވަވާފައެވެ.

ރައީސް ޞާލިހް އަކީ ރައީސްކަމަށް ވަޑައިގަތުމާ ހަމަޔަށް މަޖިލިސް މެންބަރުކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި ފާއިތުވި 25 އަހަރު ސިޔާސީ ގޮތުން ދިމާވި ބޮޑެތި ގޮންޖެހުންތަކުގައި ހިތްތިރިކާމާއެކު ސަރުކާރާ އިދިކޮޅު ފަރާތްތަކާ ވާހަކަ ދެއްކުމުގެ ކޮންމެ ބުރެއްގައި އިސްދައުރެއް އަދާކުރައްވާފައެވެ.

އެގޮތުން ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހް އެންމެ ނުތަނަވަސް ވާވަގުތުތަކުގައި ސަރުކާރާއި ވާހަކަ ދެއްކުމުގެ އެންމެ އިސްދައުރެއް އަދާކުރައްވާ ބޭފުޅަކީ ރައީސް ޞާލިހްއެވެ.


Advertisement

ކޮމެންޓް