މިސަރުކާރުން ރާއްޖެ އަމާން ކޮށްދީިފި: މެންބަރ ފަލާހު

29 Apr 2019 | 21:39

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހިރާއްޖެ އަމާންކޮށްދީފިކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރ އަހުމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދު ބަހުސްކުރައްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ސަރުކާރަށް ފަސް މަސްދުވަސް ވެގެން ދިޔައިރުގައި، ރައްޔިތުން އަމާންކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅެވޭތަން މިހާރު ފެންނަމުންދާ ކަމަށެވެ. އަދި އެކަމަށްޓަކާ މި ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ނަމަވެސް ރައީސަށް ނޭނގި ރަށްރަށުގެ ލެވެލްގައި ބައެއް ކަންތައްތައް ހިނގަމުންދާ ކަމަށާއި އެގޮތުން އިނގުރައިދޫ އިންޖީނުގޭގެ ބައެއް މުވައްޒަފުންތައް ފެނަކައިން ވަކިކުރިކަން ފަލާހު ފާހަގަކުރެއްވިއެވެ.

"އެއްވެސް ކުށަކާ ނުލާ ވަޒީފާއިން ވަކިކޮށްފައި ގޭގައި މަޑުކޮށްލަން އެންގުމަކީ ވަރަށް ބޮޑު އަނިޔާއެއް. ވަރަށް ބޮޑު ބޭ އިންސާފެއް. މިކަން މި ސަރުކާރުގެ ސަމާލުކަމަށް ގެންނަން" ފަލާހު ވިދާޅުވިއެވެ.

ފަލާހަކީ ދާދި ފަހަަކާއި ޖެހެންދެންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ފަރާތެކެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި ފަލާހު ބަލިކޮށް، އިނގުރައިދޫ ދާއިރާގެ ޓިކެޓް ހޯއްދެވީ އެމްޑީޕީގެ ކެނޑިޑޭޓް ހަސަންޓޭ އެވެ.

Advertisement

ކޮމެންޓް