Advertisement

މީހުން ހައްޖަށް ގެންދިއުމަށް 18 ކުންފުންޏަކުން ކުރިމަތިލި

30 Apr 2019 | 11:29

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 18 ކުންފުންޏަކުން ކުރިމަތިލައިފިއެވެ.

ހަށްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ހޯދުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ސަރުކާރުން ހުޅުވާލީ މި މަސް ތެރޭގައެވެ. އެ ޕްރޮޕޯޒަލްގެ ފީ އަކީ 10،000 ރުފިޔާއެވެ.

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދެނީ ވަކި ޝަރުތުތަކަކަށް ބެލުމަށްފަހުއެވެ. އޭގެ ތެރޭގައި 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމާއި، ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމާއި އަދި އެ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ކޮށްފައިވާ މީހަކަށް ނުވުން ހިމެނެއެވެ.

މިފަހަރު ހުއްދައަށް އެދުނު ފަރާތްތަކަކީ:

1- އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

2- އަލްޙަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

3- އަލްސަފާ ޕްރައިވެޓް ލިމިޓެޑް

4- މުސާފިރީން ޕްރައިވެޓް ލިމިޓެޑް

5- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް

6- ނަވާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް

7- މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް

8- ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

9- ގިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް

10- އަލް އައިން ޓްރެވެލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް

11- ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް

12- ސައިސީރު ޓްރެވަލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް

13- ދަރުމަ ލިލް ހައްޖި ވަލް އުމްރަތި ޕްރައިވެޓް ލިމިޓެޑް

14- އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑް

15- އަސްކޮއި ޓްރެވެލް ސާވިސަސް ޕްރައިވެޓް ލިމިޓެޑް

16- އެކްރޯ ޕްރައިވެޓް ލިމިޓެޑް

17- ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

18- އަލް ހިޖުރަ ޓްރެވެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް

ހައްޖަށް ގެންދަން ފަސް ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކުރާނީ އެ ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްގައިވާ އަގުތަކަށް ބަލައި އެއަށް ވުރެ އިތުރަށް ފައިސާ ނުނަގަން ޝަރުތު ކޮށްފަ އެވެ. މީގެ ކުރިން ބައެއް ހައްޖު ގްރޫޕް ތަކުން ވަނީ އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި އަގުތަކަށް ވުރެ އެތައް ގުނައެއް އިތުރަށް ފައިސާ ނަގައިފައެވެ.

Advertisement

ކޮމެންޓް