މަރުގެ އަދަބު ތަންފީޒުކޮށްގެން ނޫނީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނެތް: އުމަރު

30 Apr 2019 | 13:25

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ހުއްޓުވޭނީ އެފަރާތްތަކުގެ މުދާ އަތުލައި އަދި މަރުގެ އަދަބު ވެސް ތަންފީޒުކޮށްގެން ކަމަށް ކުރީގެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މަސްތުވާތެކެތީގެ މައްސަލަ ހައްލުކުރުމަށް ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް ވާކާލަތު ކުރައްވާ އުމަރު ވިދާޅުވި ގޮތުގައި، ކޯޓުތަކާއި ސިވިލްސާވަންޓުން އަތަށް މަސްތުވާތަކެތި ހައްލުކުރުމުގެ މަސައްކަތް ދޫކޮށްލައި ސިޔާސީވެރީންގެ ހިޔަލަށް ޖެހި ތިބެގެން ރާއްޖެ ސަލާމަތް ނުވާނެ ކަމަށެވެ.

އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ސިޔާސީ ވެރިންގެ ކިބައިގައި ބުންވަރާއި، ޖެހިލުންކުޑަކަން ހުންނަން ވާނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މަރުގެ އަދަބު ދޭން ޖެހޭނެ ކަމަށް އުމަރު ވިދާޅުވިއިރު އެބޭފުޅާ ވަނީ ރާއްޖޭގެ ގޭންގުތައް ހިންގާ މީހުންނާމެދު ވެސް ހަރުކަށި ފިޔަވަޅުއަޅަންޖެހޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement