މުސްތަގްބަލް ސަލާމަތްކުރުމަށް މަންހަޖު އިސްލާހުކުރަންޖެހޭ: ރައީސް ނަޝީދު

01 May 2019 | 20:01

ރާއްޖޭގެ މުސްތަގްބަލް ސަލާމަތްކުރުމަށް މަދަރުސާތަކުގެ ތައުލީީމީ މަންހަޖު އިސްލާހުކުރަންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިނުގެ ނަމުގައި ހިނގާ ކަންކަން ބަލައި، ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތަށް ކުރުން އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށެވެ.

އަދި މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާ ވާހަކަތައް މާގިނަކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސީރިޔާގެ އަހުލީ ހަނގުރާމައަށް ގޮސް، ރެފިއުޖީ ކޭމްޕެއްގައި ހާާލުގައި ޖެހިފައިތިބި ދިވެހިންގެ ލިސްޓެއް ވަނީ ދާދިފަހުން ސޯޝަލް މީޑިޔާގައި ދައުރުވާން ފަށާފައެވެ. އޭގެ ތެރޭގައި މައިންބަފައިން މަރުވެފައިވާ ކުޑަކުދިންވެސް ހިމެނެއެެވެ.

ސީރިޔާގެ ހަނގުރާމައިގައި ތިބި ބައެއް ދިވެހިން އެގައުމުން އެނބުރި އައުމަށް ސަރުކާރުގެ އެހީއަށް ދަނީ އެދެމުންނެވެ.

Advertisement

ކޮމެންޓް

Advertisement