Advertisement

ފްރޭންކްފާޓުން ޗެލްސީ ހިފަހައްޓާލައިފި

03 May 2019 | 08:41

ޔުއޭފާ ޔޫރޯޕާ ލީގުގައި ރޭ ޖަރުމަނުގެ ފްރެންކްފާޓުން ޗެލްސީ ހިފަހައްޓާލައިފިއެވެ.

ފްރޭންކްފާޓުގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީވެސް އެޓީމުންނެވެ. 23 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި ވަރަށް ރަނގަޅު ފޯމެއްގައި ހުރި ލޫކާ ޖޮވިކްއެވެ.

ޗެލްސީގެ ފުރަތަމަ އެގާރައިގަ ހަޒާޑް ނުހިމަނާ ކުޅުނު މި މެޗުގައި އެޓީމަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިން ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ގާތްވެފައިވަނިކޮށް ޕެޑްރޯއެވެ.

1-1 ކުން އެއްވަރުވެގެން ނިމުނު މި މެޗުގައި ޗެލްސީވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ސަރީ ބުނީ ތިން މަސް ކުރިން ޗެލްސީ އޮތީ ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގަ ކަމަށައި ނަމަވެސް މިހާރު ޗެލްސީ އޮތީ ލީގުގެ ގަދަ ހަތަރަކަށް އަރައި ޔޫރޯޕާ ލީގުގެ ސެމީ ފައިނަލުގަ ކަމަށެވެ. މި ކަންކަމަށް ބަލާއިރު ޗެލްސީއަށް ތައްޓެއް ހައްގު ކަމަށެވެސް އޭނާވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް