ވިސާގެ މައްސަލަތައް ޖެހިފައިވާ އެންމެން ލަންކާއިން ބޭރުކުރަނީ

03 May 2019 | 13:23

ވިސާގެ މައްސަަލަތައް ޖެހިފައިވާ ބޭރު ގައުމުތަކުގެ ހުރިހާ ފަރާތްތަކެއް ޑީޕޯޓްކުރުމަށް، ސްރީލަންކާގެ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން އިއްޔެގެ ވަގުތެއްގައި އެގައުމުގެ ހޯމް މިނިސްޓަރ ވާޖިރަ އަބޭވަރްދަނަ ވަނީ، ވިސާގެ މައްސަލަަތައް ޖެހިފައިވާ ހުރިހާ ފަރާތްތައް އެގައުމުން ބޭރުުކުރުމުގެ މަސައްކަތް ފެށުމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އަންގާފައެވެ.

މިގޮތުން ވިސާގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކާއި، ވިސާއާއި ނުލައި ދިރިއުޅެމުންދާ ފަރާތްތައް ސްރީލަންކާއިން ޑިޕޯޓްކުރުމަށް މިނިސްޓަރ ވަނީ އަމުރުކުރައްވާފައެވެ. މިގޮތަށް ނިންމަވާފައިވަނީ ސްރީލަންކާގެ ހާލަތު އޮތްގޮތުންކަމަށް އެގައުމުގެ ނޫހެއްކަމުގައިވާ ޑެއިލީ މިރާއިން ރިޕޯޓްކުރެއެވެ.

މީގެ އިތުރުން އެގައުމުން ބޭރުން އަންނަ ހަރުކަށި ފިކުރުތަކުގެ އިސްލާމީ އިލްމުވެރިންނާއި މެދު އަަމަލުކުރާނެ އުސޫލެއް ކަނޑައެޅުމަށްވެސް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ހޯމް މިނިސްޓަރގެ މި ނިންމުމާއި އެކު، އެގައުމުގެ ސަލާމަތީ ބާާރުތަކުގެ އެހީގައި ވިސާގެ މައްސަލަތައް ޖެހިފައިވާ ފަރާތްތައް ހޯދުމަށްފަހު ކޯޓު މެދުވެރިކޮށް އެފަރާތްތައް ޑިޕޯޓްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

Advertisement

ކޮމެންޓް

Advertisement