ފައިސާ ކާޑު ޓްރީޓޮޕްގައި ބޭނުންކުރެވޭގޮތް ހަދައިފި

03 May 2019 | 20:51

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލް މެދުވެރިކޮށް އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޙިދުމަތްތަކަށް ފައިސާ ކާޑުގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން ތައާރަފްކުރި މިޚިދުމަތުގެ ސަބަބުން މޯލްޑިވްސް އިސްލާމިކް ބޭންކް ގެ ކަސްޓަމަރުންނަށް ފައިސާ ކާޑަށް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން މި ތައާރަފްކުރެވުނު ޚިދުމަތުގެ ސަބަބުން ޓްރީޓޮޕް ކަސްޓަމަރުންނަށް އެންމެ މަތީ ފެންވަރުގެ ސިއްޙީ ފަރުވާ، އެއްވެސް ދަތިކަމަކާ ނުލާ ޓްރީ ޓޮޕް ހޮސްޕިޓަލް އިން ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެމުންގެންދިއުންމާއި ހުރިހާ ޚިދުމަތްތަކުގެ އަގުތަކަށް ވަނީ ހެޔޮބަދަލުތަކެއް ގެނެސް އަދި އާސަންދައިގެ އިތުރުން އެހެނިހެން އިންޝުއަރަންސް ލިބޭގޮތައް ހަމަޖެހިފައިކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

Advertisement

ކޮމެންޓް