މަޖިލިސް މެންބަރުން މާލީ ބަޔާން ހުށަނޭޅުމަކީ ކުށަަކަށް ހަދާނަން: ނިޔާޒު

05 May 2019 | 00:05

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެފަރާތްތަކުގެ މާލީ ބަޔާންތައް ހުށަނޭޅުމަކީ ކުށަކަށް ހައްދަވާނެކަަމަށް ހުޅުމާލޭ ދާއިރާގެ އިންތިޚާބީ މެންބަރ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒު މިހެން ވިދާޅުވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އިންތިޒާމްކޮށްގެން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުޅުވާލެވެން ޖެހޭކަމަށާއި އެއީ ތިންބާރު ވަކިވެފައިވާ ނިޒާމު އުފެދިފައިވަނީ ރައްޔިތުންގެ ބަހެއްނެތި އެއްވެސް ބާރެއް ނުހިނގާގޮަތަށް ކަމުގައި ވާތީކަމަށެވެ.

"ވެރިކަން ފެށިގެން މި އަންނަނީ ވެސް ރައްޔިތުންގެ ކިބައިން. އަދި ވެރިކަން ދެމިއޮތުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް މި އަންނަނީ ރައްޔިތުންގެ ފަރާތުން"، ނިޔާޒު ފާހަގަކުރެއްވިއެވެ.

ނިޔާޒު ވަނީ އެޖެންޑާ19ގެ ދަށުން މެންބަރުން ޒިންމާދާރުކުރުވަން ހުށައެޅުމަށް ގާނޫނުތަކެއް ހުށައެޅުމަށް އެމްޑީޕީން ނިންމާފައިވާކަން ވިދާޅުވެފައެވެ. އެގޮތުން މެންބަރުންނާއި އަދި އާއިލާގެ މާލީ ބަޔާން އަހަރަކު އެއްފަހަރު ހުށައެޅުން، މަޖުބޫރުުކުރުމަށް ހުށައަޅާނެކަން ނިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.

މި އުސޫލުގެ ދަށުން މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ މައްޗަށް ތަހުގީގުކޮށް ދައުވާ އުފުލޭނެކަން އެބޭފުޅާ ބަޔާންކުރެއްވިއެވެ.

Advertisement

ކޮމެންޓް