Advertisement

މަހި: ބޭސިކެއަރ ބްރޭންޑް ރާއްޖެއަށް ގެނައި ޒުވާން ވިޔަފާރި

07 May 2019 | 16:35

ޒަމާނުއްސުރެ ދިވެހިންނަކީ ނަލަހެދުމަށާއި ނަލަކޮށް ތިބުމަށް މަސައްކަތްކުރާ ފަރާތްތަކެކެވެ. މަރުހޫމް މުހައްމަދު ޖަމީލް ދީދީ ފަދަ ލިޔުންތެރިންވެސް ވަނީ އިހުޒަމާނުގައި އަންހެންވެރިން ވަރުގެ ކޮޅަށް ނަލަހެދިލައިގެން މެދުޒިޔާރަތްދޮށު ކުނިކަހާންދާ ކަމަށް ބަޔާންކުރައްވާފައެވެ. ޒަމާނަށް އައި ބަދަލުތަކާއި އެކު ދިވެހި އަންހެނުންގެ ޒީނަތްތެރިވުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، މޭކަޕްގެ ބާާވަތްތައް ބޭނުންކުރުމަކީ އޭގެ ތެރެއިން ބޮޑު ބަދަލެކެވެ.

މޭކަޕް ކުރައްވާ ފަރާތްތައް ކުރައްވާ އެންމެ ބޮޑު އެއް ޝަކުވާއަކީ އެފަރާތްތައް މޭކަޕް ކުރުމަށް ގެންގުޅޭ ބުރުސްފަދަ ތަކެތީގެ ކޮލެޓީ ދަށްވުމުގެ ސަބަބުން ގެއްލުންތަކާއި ކުރިމަތިލާން ޖެހުމާއި، ބޭނުންވާ ފަދަ ބާވަތްތައް އަގުހެޔޮކޮށް ލިބުމުގައި ދަތިތަކާއި ކުރިމަތިވުމެވެ.

ވޮއިސްއިން ރަމަޟާން މަހާއި ދިމާކޮށް ގެނެސްދޭ ޒުވާން ވިޔަފާރިވެރިންގެ ޚާއްސަ އިންޓަރވިއު ސީރީޒް މި ފައްޓަނީ، މޭކަޕްކުރުުމަށް ބޭނުންކުރާ ސާމާނުތައް ކޮލެޓީކޮށް އަދި އަގުހެޔޮކޮށް ގެނެސްދިނުމަށް މަސައްކަތްކުރާ ފަރާތެއްގެ މައުލޫމާތެވެ.

މަހި ނަމުގައި ޒުވާން އަންހެނެއްކަމުގައިވާ ލުބްނާ އިމާދު ދަނީ ފްރާންސްގެ މަޝްހޫރު ބޭސިކެއަރ ބްރޭންޑްގެ އަންްހެނުން ޒީނަތްތެރިވުމަށް ބޭނުންކުރާ ކޮސްމެޓިކް ޓޫލްސްތައް ރާއްޖޭގެ ޒުވާން ފަރާތްތަކަށް ފޯރުކޮށްދެމުންނެވެ. އެގޮތުން މޭކަޕް ބްރަޝް، ސްޕޮންޖް، ޓްވީޒާރސް، އައިލޭޝް ކާރލާސް، ނިޔަފަތި ކަނޑާ ދަތި ފަދަ ގިނަ ސާމާނުތައް މަހިގެ ފަރާތުން ދަނީ އާންމުންނަށް ހެޔޮއަގުގައި ކޮލެޓީކޮށް ފޯރުކޮށްދެމުންނެވެ.

ވިޔަފާރިކުރާާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މަހިގެ ފަރާތުން މައުލޫމާތު ދިންގޮތުގައި ބޭސިކެއަރ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުން އެފަރާތްތަކުގެ ޕްރޮޑަކްޓްތަކާއި އެ ޕްރޮޑަކްޓްތަކުގެ ފައިދާތައް ފެނިގެންދާނެއެވެ. ބޭސިކެއަރ ގެ ޕްރޮޑަކްޓްތައް މިވަގުތު ލިބެންހުރީ ހުޅުމާލޭގެ ލަރޯސާ ފިހާރައިގައެވެ. ނަމަވެސް މި ރޯދަމަސް ނިމުމުން އިތުރު ފިހާރަތަކުންވެސް ބޭސިކެއަރގެ ޕްރޮޑަކްޓްތައް ފެނިގެންދާނެކަމަށް މަހި އިން ބުނެއެވެ.

އެފަރާތުން ބުނާގޮތުގައި ޒުވާން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި މަހިއަށްވެސް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. މިގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމުގެ ގޮތުގައި ޝިިޕިންގްގެ ހަަރަދާއި ކަސްޓަމްސް ޑިއުޓީއަށް ބޮޑު އަދަދެއް ދައްކަން ޖެހުން ވަނީ ފާހަަގަކޮށްފައެވެ. ނަމަވެސް މި ހުރަސްތައް ގިރާކުރުމަށްފަހުގައިވެސް މަހިިއިން ދަނީ ކޮލެޓީ އަދި އަގުހެޔޮ ޕްރޮޑަކްޓްތަކެއް އާންމުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެމުންނެވެ.


ސަރުކާރުގެ އިދާރާތަކުން މިފަދަ ޒުވާން ފަރާތްތަކުގެ ވިޔަފާރި ކުރިއަރުވައި ހިތްވަރު ދިނުމަށް، އެފަރާތްތަކުން ދައްކަންޖެހޭ ޑިއުޓީ ފަދަ ތަކެތި ކުޑަކޮށްދިނުމަކީ ކުރެވިދާާނެ ކަމެކެވެ.


ވޮއިސްއިން ލުބްނާއާއި އޭނާގެ މަހިފަދަ ވިޔަފާރިތަކަށް އަބަދުވެސް އެދޭނީ ކުރިއެރުމާއި ފާގަތިކަމެވެ. އެފަދަ ވިޔަފާރިވެރިން ޕްރޮމޯޓްކުުރުމަށް ވޮއިސްގެ ޓީމް އަބަދުވެސް ހަރަކާތްތެރިވަމުން ދާނެއެވެ.

Advertisement

ކޮމެންޓް