ރައީސް ޔާމިނު ސްޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫންް: ލޯޔަރު ސިރާޖު

14 Oct 2018 | 02:57

ރިޔާސީ އިންތިހާބާ ބާތިލްކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ސްޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައެއް ގާނޫނީ އަސާސީގެ 274 މާއްދާ ގައި ބަޔާންކޮށްފައިވާ ފަދަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށް ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގައި ޖުމްލަ ގޮތެއްގައި ހިމެނިފައިވަނީ އިންތިޚާބުގައި ބޭނުންކޮށްފައިވާ ކަރުދާހާއި ބެހޭގޮތުން ކަމަށެވެ. އެހެންކަމުން އެއީ ދުސްތޫރީ މައްސަލައިގެ ގޮތުގައި މިމައްސަލަ ބަލައިނުގަނެވޭނެ ކަމުގައި ސިރާޖުވަނީ ވިދާޅުވެފައެވެ.

"ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ މައްސަލައިގައި ޖުމްލަ ގޮތެއްގައި ހުށައަޅާފައިވަނީ އިންތިޚާބުގައި ބޭނުންކުރި ކަރުދާސް، ކަރުދާހުގައި މައްސަލަ އުޅޭކަމަށް. އެއީކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ވާނެކަމެއްކަމަށް އަޅުގަނޑަކަށް ނުވިސްނޭ، " ސިރާޖު ވިދާޅުވިއެވެ.

އިތުރަށް ސިރާޖު ވިދާޅުވީ އެމައްސަލައިގައި އޮތީ ވޯޓް ފާހަގަ ތިރިޔަށް ފައިބާ ވާހަކައެވެ. އަދި މިކަން ސިފަކުރެއްވީ ސްޕުރީމްކޯޓަށް ރައީސް ޔާމީން ހުށައަޅުއްވާފައިވާ ކުރުވާހަކައެއްގޮތުގައެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވުނު އެއްކަމަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައެޅި މައްސަލައިގައި މި އޮންނަނީ ވޯޓިލީމަ ވޯޓު ފާހަނގަ ތިރިއަށް ފައިބަނީއޭ. އެއީ ވަރަށްގިނަ ދިރާސާތަކުން ތިމަންނަމެންނަށް ފާހަގަވެފައިވާ އެއްޗެކޭ އެކަން ހިނގާކަމެކޭ. އަޅުގަނޑަށް ހަމަ ކިޔާލިއިރުގައި ކުރުވާހަކައެއް ސިފަވަނީ. ސުޕްރީމްކޯޓަށް ރައީސް ޔާމީންގެ ފަރާތުން ހުށައަޅުއްވާފައި އޮތް ކުރު ވާހަކައެއްގެ ގޮތަށް. އެވާހަކައިގައި މި އޮންނަނީ އިންތިޚާބަކަށް ދިޔައިމަ ބަލިވެއްޖެއޭ. ބަލިވީމަ ބައްޔެއް ގަބޫލުކުރާކަށް ބޭނުމެއް ނޫނޭ. ރައްޔިތުން ނޫނެކޭ ބުންޏަސް އަޅުގަނޑު އަދި ބޭނުންވަނީ ރައީސްކަމުގައި ހުންވާށޭ. ވޯޓުކަރުދާހުގައި ވަރަށް ބައިވަރު މައްސަލަ އެބަހުއްޓޭ. ވޯޓުކަރުދާހުގައި މައްސލަ ހުރީމައޭ ބަލިވީ. އެއީ ރައްޔިތުން ކޮންމެ ގޮތަކަށް ވޯޓު ދިނަސް ވޯޓު ކަރުދާހުގެ މައްސަލައެކޭ. އެއީއޭ ޕްރިންޓް ކުރި މައްސަލައިގައި އެބަހުއްޓޭ އެހެން މީހެއް. އަދި ރައްޔިތުން ކޮންމެ ގޮތަކަށް ވޯޓެއް ދިނަސް އަޅުގަނޑު ބައްޔެއް ނުވާނޭ ވޯޓު ކަރުދާސް ރީއްޗަށް އޮތްނަމަ. އަޅުގަނޑަކަށް ނުފެނޭ މިމައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތަކަށް،" ސިރާޖު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް