Advertisement

''އެންފީލްޑްގައި ގޯލް ޖެހުނަސް އުފާ ފާޅެއް ނުކުރާނަން''

07 May 2019 | 06:44

ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލުގުގައި ބާސެލޯނާ އަދި ލިވަޕޫލް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ގޯލެއް ކާމިޔާބު ކުރެވުނަސް އުފާ ފާޅު ނުކުރާނެކަމަށް ކުރިން ލިވަޕޫލްއަށް ކުޅެދީފައިވާ، އަދި މިހާރު ބާސެލޯނާއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވަޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުގައި ސުއަރޭޒް ގޯލް ޖެހުމަށްފަހު އުފާ ފާޅު ކުރުމުން އޭނާއަށް ވަނީ ލިވަޕޫލް ސަޕޯޓަރުންގެ ގިނަ ފާޑުކިޔުންތަކަކައި ކުރިމަތިލާން ޖެހިފައެވެ.

ފުރަތަމަ ލެގުގައި ލިވަޕޫލްއައި ދެކޮޅަށް ގޯލް ޖަހާފަ އުފާ ފާޅު ކުރީ އެގޯލުގެ މުހިންމުކަމުން ކަމަށައި ފުޓްބޯޅަ އަކީ ކޯއްޗެއްކަން އެނގޭ ބަޔަކަށް އެކަން ވިސްނޭނެ ކަމަށްވެސް ސުއަރޭޒް ބުންޏެވެ.

ލިވަޕޫލް ސަޕޯޓަރުންނަކީ އޭނާ ވަރަށް އިހްތިރާމްކުރާ ބައެއް ކަމަށައި ބާސެލޯނާއަށް ގޯލެއް ކާމިޔާބުކޮށްދީ ބާސެލޯނާގެ ސަޕޯޓަރުންނާއެކު އުފާ ފާޅު ކުރެވުނީތީ މާފަށް އެދޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނުރުހުމައި މަލާމާތުގެ ބަދަލުގައި ލިވަޕޫލް ސަޕޯޓަރުންގެ ފަރާތުން އެދެނީ ސަޕޯޓް ދިނުން ކަމުގައި ކަމަށްވެސް ސުއަރޭޒް ބުނެފައިވެއެވެ. 

ދެވަނަ ލެގުގައި މި ދެޓީމް ބައްދަލު ކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ 00:00 ގައެވެ.

Advertisement

ކޮމެންޓް

Advertisement