އެމެރިކާގެ އިންޒާރެއް އަަނެއްކައިވެސް ރައީސް ޔާމީނުގެ ސަރުކާރަށް!

13 Oct 2018 | 14:24

ރިޔާސީ އިންތިހާބް ބޮޑު އަގުލަބިއްޔަތުން ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްްމަދު ސޯލިހް އަށް ބާރުތައް ރީތިގޮތުގައި ރައީސް ޔާމީންގެ ސަރކާރުން ހަވާލު ނުކޮށްފިނަމަ އެމެރިކާއިން ރާއީސް ޔާމީނު ސަރުކާރާ ދެކޮޅަށް ފިޔާވަޅު އަޅާނެކަމުގައި އެމެރިކާއިން އިންޒާރު ދީފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނުގެ ނައިބު ރޮބަޓް ޕަލަޑީނޯ އާއްމުކުރެއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވަނީ، ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި ރައީސް ޔާމީނުގެ ސަރުކާރުން އިހުތިރާމް ނުކުރާ ކަމުގައި ވަނީނަމަ ފިޔަވަޅު އަޅަން ޖެހިދާނެކަމަށެވެ.

ރިޔާސީ އިންތިހާބް ކަންކަމާއި ރާއްޖޭގެ ހާލަތު ބައިނަލް އަގްވާމީ މުޖުތަމައު ވަރައް ކައިރިން ބަލަބުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.

އެމެރިކާއަކީ އަބަދުވެސް ރާއްޖޭގެ ކަންކަން ބަލައި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ގޮވާލަމުން އަންނަ ފަރާތެކެވެ.

މިފަހަރު އިންޒާރު ދެއްވާފައި މިވަނީ އިންތިހާބް ބާތިލް ކުރުމަށް ރައީސް ޔާމީން ގެ ފަރާތުން ސްޕްރީމްކޯޓަށް މައްސަލަ ހުށައަޅުއްވާފައިވާ ދުވަސްވަރެއްގައެވެ.

Advertisement

ކޮމެންޓް