ބާޒާރުމަތީގެ އަގުތައް: ކަނޑޫދޫ މިރުހުގެ އަގު މަޑުމަޑުން ދަށްވަނީ

07 May 2019 | 16:18

ރަމަޟާންމަހުގެ ދެވަނަ ދުވަހަށް އަޅާލިއިރު، ބާާޒާރުމަތީގައި ރަނަށްވެފައިވާ ކަނޑޫދޫ މިރުހުގެ އަގު ދަށްވާން ފަށައިފިއެވެ.

ރޯދަމަސް ފެށުނު އިރު ކިލޯއެއް 1200ރުފިޔާއަށް ހުރި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު މިހާރު ހުރީ ތިރިވާން ފަށާފައެވެ. އެގޮތުން މިއަދު މެންދުރުފަހު ބާޒާރުމަތީގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު އުޅުނީ 850 ރުފިޔާ އަށެވެ.

އެހެނިހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ކަނޑޫދޫ މިރުހުގެ އަގު ބޮޑުވެފައިވަނީ ދަނޑުތަކުގައި ހެއްދުނު މިރުހުގެ އަަދަދު ދަށްވުމުންކަން ފާހަަގަކޮށްލެވެއެވެ.

ބާޒާރުމަތީގައި އެހެނިހެން ތަކެތީގެ އަގަށް ބަލާލާއިރު، ރޯދަަމަހުގައި ދިވެހިން އާންމުކޮށް ފަނިގިރަން ގެންގުޅޭ ކަރާ ފަދަ ބާވަތްތަކުގެ އަގުދަނީ ތިރިވަމުންނެވެ. އެގޮތުން ކަރާ ކިލޯއެއް އާންމުގޮތެއްގައި އުޅެނީ 30ނުވަަތަ 35 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

ކުރުނބަލެއްް 25 ރުފިޔާއަށް މިއަދު އުޅޭއިރު، ފޭރު ކިލޯއެއް އުޅެނީ 65 ރުފިޔާއަށެވެ. އަދި ފެޝަން ފްރުޓް ކިލޯއެއް ލިބެން ހުރީ 50 ރުފިޔާއަށެވެ.

Advertisement

ކޮމެންޓް