Advertisement

ޔޫރަޕަށް ދާން ވިސާ ނެގުމުގައި ދިވެހިންނަށް ލުއިފަސޭހަ ހޯދަން މަޝްވަރާކުރަނީ

10 May 2019 | 19:29

ޔޫރަަޕަށް ދާާން ނަގަންޖެހޭ ވިސާ ނެގުމުގައި ދިވެހިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން މިވަގުތު ރަސްމީ ދަތުރުފުޅެއްގައި ރުމޭނިޔާއަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އީޔޫގެ ރިޔާސަތު ބަލަހައްޓަމުންދާ ރުމޭނިޔާާގެ އިސްވެރިންނާއި އެކަމުގެ މަޝްވަރާ ކުރައްވާނެކަމަށް ފޮރިން މިނިސްްޓްރީން ބުނެފިއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ އީޔޫ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުންދާ ރުމޭނިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއުއެކު ބާއްވާ ބައްދަލުވުންތަކުގައި ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން ކުރައްވާ މަޝްވަރާތަކުގެ އިތުރުން އީޔޫއާއި ގުޅުން ހުރި އެހެން މަޝްވަރާތައް މިނިސްޓަރ ކުރައްވާނެކަމަށެވެ.

"އެގޮތުން އީޔޫއިން ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމާއި، ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގާ 24 އިންސައްތަ ޑިއުޓީ ކުޑަކުރުމުގެ އިތުރުން ޔޫރަޕަށް ދާން ނަގަން ޖެހޭ ވިސާއާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައި، އެކަންކަމުގައި ރާއްޖެއަށް ފަސޭހަތަކެއް ލިބޭތޯ މިނިސްޓަރ މަޝްވަރާކުރައްވާނެ."، މިއުވާން ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވަނީ ރުމޭނިއާގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރާއި މިއަދު ބައްދަލުކުރައްވާ، ދެގައުމުގެ ގުުޅުން ބަދަހިކުުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement