ބޭރުގެ ޝެއިހުންނަށް ހެދިގެން އަންނަ މީހުނަށް ވިސާ ދިނުން ބުއްދިވެރިއެއް ނޫން: ރައީސް ނަޝީދު

13 May 2019 | 11:18

ރާއްޖޭން ބޭރުން ޝެއިހުންނަށް ހެދިގެން އަންނަ މީހުނަށް، ރާއްޖެއަށް އައިސް ދީނީ ނަސޭހަތް ދޭން އައުމަށް ވިސާދިނުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކާގެ ހަމަލާގައި ބައިވެރިވި ޒަހްރާން ހާޝިމް 2016 ވަނަ އަހަރު ދީނީ ދަރުސް ދިނުމަށް ކަމަށް ބުނެ އެހެން ނަމެއްގައި ރާއްޖެ އައިސްފައިވާކަން ނުވަތަ ނޫންކަން ސާފު ނުވާ ކަމަށެވެ.

"ބޭރު ޝެއިހުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފު ނުވެ، އެފަދަ ފަރާތްތަކަށް ރާއްޖެ އައުމުގެ ވިސާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއަށް ވަރަށް ގިނައިން ދީނީ ދަރުސް ދިނުމަށް ބޭރުގެ ދީނީ ޝައިޚުން ވަރަށް ގިނައިން އަންނަކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ރަމަޟާންމަހު ތަރާވީސް ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބޭރުގެ ހާފިޒުން އަބަދުވެސް ގެނެއެވެ.

Advertisement

ކޮމެންޓް