Advertisement

ރައީސް ޔާމީންގެ އަބުރާ ބެހުނު މައްސަލަ ކޯޓަށް ހުށަހަޅައިފި

15 Sep 2018 | 14:39

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަބުރުފުޅާ ބެހުނު ކަމަށް ބުނާ މައްސަލައެއްގައި އެމްޑީޕީއާ ދެކޮޅަށް ހައި ކޯޓަށާއި ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އައްބާސް ޝަރީފް ވިދާޅުވީ ރައީސްގެ އަބުރަށް އަރައިގެންފައިވާތީ އެމައްސަލާގައި އެމްޑީޕީއާއި، ހަސަން ލަތީފް އަދި އަނަސްއަށް އަބުރުގެ ދައުވާ ކުރުމަށް އިއްޔެ ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވާ ކަމަށެވެ.

އެމްޑީޕީގެ މައްޗައް އަބުރުގެ ދައުވާ ކުރަން ރައީސް ޔާމީން ނިންމަވާފައިވަނީ، އަބުރުފުޅަށް ހުތުރުވާ ގޮތަށް ރާއްޖޭން ބޭރުގައި ގަވާއިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، އެމަނިކުފާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައި އެކަމަކާ ބެހޭ ގޮތުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކެވުމުންނެވެ. އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތީ، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

އައްބާސް ވިދާޅުވީ އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ރާއްޖެ ޓީވީ އިން ކަވަރު ކުރި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ވެސް ވަނީ ހުށަހަޅައިފަ ކަމަށެވެ.

Advertisement

ކޮމެންޓް