ހުޅުމާލެއަށް ފަނަރަ އަހަރު: އުންމީދުގެ ސަހަރަކާ ދިމާލަށް!

31 Oct 2019 | 16:42

މާލޭގެ ބައިބޯވުމާއި ތޮއްޖެހުމުގެ މައްސަލަ ހައްލުުކުރުމަށް ހުޅުލޭ ކައިރީ އޮންނަ ބޮޑުފަޅެއް ހިއްކައި ތަރައްގީކުރާ ވާހަކަ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ދެއްކުމުން ގިނަބަޔަކަށް އެކަން ވެގެންދިޔައީ ގަބޫލުކުރަން ދަތި ވާހަކައަކަށެވެ. ތިލަފުށި ހިއްކި ކަމުގައިވިޔަސް، އެއަށްވުރެ ބޮޑު ހިއްކުމުގެ މަޝްރޫއުއެއް ދިވެހިސަރުކާރަށް ކުރެވިދާނެތޯ ގިނަބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

ނަމަވެސް އެ ސުވާލުކުރަމުންދިޔަ ފަރާތްތަކަށް ދިވެހި ސަރުކާރުން ރަނގަޅު ޖަވާބެއް ދިނެވެ. 1997ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 16ވަނަ ދުވަހު އޭރުގެ މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސް އެންޑް ކޮންސްޓްރަކްޝަންގެ ހުޅުމާލޭ ޑިވެލޮޕްމެންޓް ޔުނިޓްގެ ދަށުން ފަރުކޮޅުފުއްޓާއި ހުޅުލޭ ދެމެދުގައިވާ ފަޅެއް ހިއްކުމުގެ މަސައްކަތް ފެށިއެވެ. 

މި މަސައްކަތް، ތަފާތު ގިނަ ގޮންޖެހުންތައް ކަޑައްތުކުރުމަށްފަހު ނިންމާލެވުނީ 2002 ވަނަ އަަހަރުގެ ޖޫން މަހުގައެވެ. ހުޅުމާލޭ ފޭސް އެކެއްގެ ބިން ކަނޑައެޅުނީއެވެ. ނަމަވެސް ދެން އޮތީ އެހެން ބުރަ މަސައްކަތެކެވެ. ބައިބޯ ނުވާނެ، އަދި ދިރިއުޅެން ހިތްފަސޭހަ ތަނަަކަށް ހުޅުމާލޭ ބަދަލުކުރުމެވެ. ސިންގަޕޫރުގެ ކުންފުނިތަކެއްގެ އިރުޝާދާއިއެކު 2001 ވަނަ އަހަރު ހެދުނު މާސްޓަރ ޕްލޭންގެ ދަށުން އެރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުނެވެ. މަގުތައް ހަދާ، ފެހިކަން އިތުރުކޮށް، ފްލެޓް ބިނާކުުރުމުގެ މަަސައްކަތް ފެށުނެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ، ފަޅުރަށެއް މީހުން ދިރިއުޅޭ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެއްޓުނެވެ.

އެރަށުގައި އެންމެ ފުރަތަަމަ މީހުން އާާބާދުވެ، ދިރިއުޅެން ފެއްްޓީ، 12މެއި  2004 ވަނަ އަަހަރުގައެވެ. އެ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 100 އާއިލާ ހުޅުމާލެއަށް ބަދަލުވެ ދިރިއުޅެން ފެށުނު އިރު، ފައިޒާންއާއި އޭނާގެ އާއިލާއަކީވެސް އޭގެ ތެރެއިން އެއް ފަރާތެކެވެ.

ވޮއިސްއަށް މައުލޫމާތު ދެމުން ފައިޒާން ބުނީ ހުޅުމާލެއަށް ބަދަލުވާން ނިންމީ، މާލޭގެ ތަންތަނުގެ ކުލި އަގުބޮޑުވެފައި، ތިމާގެ ކުއްޖަކަށް ލިބުނު ފްލެޓެއްގައި އަގު ދައްކައިގެން ހުރެވޭނެ ގޮތް ވުމުން ކަމަށެވެ. އޭރު ހުޅުމާލެއިން ފްެލެޓާއި ގޯތި ލިބުުނު ބައެއް ފަރާތްތައް ތިބީ އާ ތަނަކަށް ބަދަލުވުމުގެ ރިސްކެއް ނުނަގާށެވެ.

"ފުރަތަަމަ އާދެވުނު ދުވަހު ހީވީ ފަޅުރަށަަކަށް އާދެވުނު ހެން. އޭރު ނުހުންނާާނެ ފިހާރައެއްވެސް. މާލެއިން އެއްޗެހި ގެންނަނީ އެކަމު ކުޑަދުވަސްކޮޅެއްގައި ފިހާރައެއް ހުުޅުވި" ހުޅުމާލެއަށް ބަދަލުވި ފުރަތަމަ ބަދަލުވި ދުވަސްވަރުގެ ވާހަކަތައް ކިޔައިދެމުން ފައިޒާން ބުންޏެވެ.

ހުޅުމާލެއާއި މާާލެ ދާދި ފަހަަކާއި ޖެހެންދެން ގުޅުވައިދިން މައިގަނޑު ވަސީލަތަކީ ފެރީގެ ނިޒާމެވެ. ފައިޒާން ކިޔައިދިން ގޮތުންނަމަ އޭރުގައި ފެރީގެ ނިޒާމު އޮންނަނީ މިހާރާއި އެއްފަދައިން ފަސޭހަ ގޮތަކަށް ނޫނެވެ. ފެރީ އޮންނަނީ ދޭތެރެ ދުުރުކޮށެވެ. އޭރު ވަގުތީ ފެރީ ޓާމިނަލެއް ހުރިއިރު، އެތަން ހުރީ މިހާރުގެ އެޗްޑީސީގެ ގެރިކޮށި ކައިރީގައެވެ. ވަގުތީ މިސްކިތެއްވެސް އެރަށުގައި ހުރިއިރު، އެ މިސްކިތްވެސް ހުންނަނީ އެ ސަަރަހައްދުގައެވެ. އޭރު ހުޅުމާލޭގެ ބޮޑު މިސްކިތުގެ މަސައްކަތް ނިމިފައެއް ނުވެއެވެ.

މިއަދު، ހުުޅުމާލޭގައި މީހުން އާބާދުވެ ދިރިއުޅޭތާ ފަނަރަ އަހަރު ފުރިއްޖެއެވެ. ވިޔަފާރީގެ މާބޮޑު އަސަރެއް ނެތި ފެއްޓި ޝަހަރަކީ މިއަދު ވިޔަފާރީގެ ހަބެކެވެ. ބޮޑެތި ފިހާރަތަކާއި ރެސްޓޯރެންޓްތަކެވެ. ގެސްޓްހައުސްތަކާއި ސަޕޯޓް ސާވިސްތަކެވެ. ބޭންކްތަކާއި ޕާކްތަކެވެ. މާލޭގައި އުޅޭ ފަރާތްތައްވެސް އުފާކޮށްލާ ވިޔަފާރިކުރަން ދާ މަންޒިލަކަށް ހުޅުމާލެ މިވަނީ ވެފައެވެ.

 މިއަދުގެ ހުޅުމާލެއަކީ ފަޅުރަށެއް ނޫނެވެ. މިއަދުގެ ހުުޅުމާލެއަކީ ތަރައްގީގެ ނާރެހެކެވެ. ވިޔަފާރިތަކުގެ މަންޒިލެކެވެ. އާބާދީ ބޮޑުވުމާއި އެކު، ރަށުގެ ތަރައްގީވެސް އުފުލުނީއެވެ.

Advertisement

ކޮމެންޓް