ތިމަރަފުށީގައި އެކްސިޑެންޓް: އަނިޔާވި މީހާ ލަންކާގައި ނިޔާވެއްޖެ

16 May 2019 | 13:55

މިއަހަރުގެ މާޗް 12 ވަނަ ދުވަހު ތ. ތިމަރަފުށީގައި ވޭނަކުން ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް ލަންކާގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި އެކްސިޑެންޓްގައި އަނިޔާ ވި މީހާ މިރޭ 1:20 ގައި ނިޔާވިކަން އާއިލާއިން ފުލުހުންނާ ވަނީ ހިއްސާކޮށްފައިކަމަށެވެ.

އުމުރުން 52 އަހަރުގެ އަންހެންމީހާ އެކްސިޑެންޓަށްފަހު އޭނާ އޮތީ ކޯމާއެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިމަރަފުށި ހިއްކި ސަރަހައްދުން އެއާޕޯޓަށްދާ އޮންނަ މަގުގައި ހިނގި މި އެކްސިޑެންޓްގައި ފުލުހުން ވަނީ ތަހުޤީގު ނިންމުމަށްފަހު ތ. އަތޮޅު ޕީޖީގެ ގޮތްޕަށް ފޮނުވާފައިކަމަށާއި މި މައްސަލާގައި ދައުވާ ކުރުމުގެ ބައި ކުރިއަށް ދާކަމަށް ފުލުހުން ގެ ތަރުޖަމާނު މައުލޫމާތު ދެއްވައެވެ.

Advertisement

ކޮމެންޓް

Advertisement