ލަންކާގެ ހަމަނުޖެހުންތަކުގައި މުސްލިމަކު މަރާލައިފި

14 May 2019 | 05:21

ލަންކާގައި ދިން ބޮމުގެ ހަމަލާއަށްފަހު އިއްޔެއިން ފެށިއިގެން ހަމަނުޖެހުން ބޮޑުވެފައިވަނިކޮށް މިއަދު އެ ޤައުމުގެ މުސްލިމަކު މަރާލައިފިއެވެ.

ޗެނަލް ނިއުސް އޭޝިއާއިން ބުނެފައިވާ ގޮތުގައި މި ހާދިސާގައި މަރާލާފައިވަނީ އުމުރުން 45 އަހަރުގެ މީހެކެވެ. އޭނާ މަރާލާފައިވަނީ ތޫނު ހަތިޔާރާ ލަޓިބުރި ފަދަ ތަކެތި ހިފައިގެން ހަމަނުޖެހުން ހިންގުމަށް ނުކުމެ އުޅުނުބައެއްކަމަށް އެ ޗެނަލުން މައުލޫމާތު ދެއެވެ.

ކޮލަންބޯގެ އުތުރުގެ ތިން ރަށެއްގައި ހަމަނުޖެހުންތައް އިތުރުވުމާ އެކު ރެއިން ފަށައިގެން ވަނީ އަނެއްކާވެސް ލަންކާގައި ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

އެގޮތުން ލަންކާގެ ފުުލުުހުންނާއި ހަވާލާދީ އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ރޭ ނުވަޔަކުން ފެށިގެން މިއަދު ފަތިހު ހަތަރެއް ޖަހަންދެން އެގައުމުގައި ކާފިޔު ހިންގާނެއެވެ.

މި ކާފިޔު ގަމްޕަހާ ސަރަހައްދުގައި ހައެއް ޖަހަންދެން އޮންނައިރު، ނޯތް ވެސްްޓް ޕްރޮވިންސްގައި ވަކި ގޮތެއް އަންގަންދެން ހިންގާނެއެވެ.

މި ހަމަނުޖެހުންތަކާއެކު އިއްޔެ ހެނދުނުން ފަށައިގެން އެގައުމުގައި ސޯޝަލް މީޑިޔާާގެ ވަސީލަތްތައްވެސް ވަނީ ބްލޮކްކޮށްލާފައެވެ.

Advertisement

ކޮމެންޓް

Advertisement