އައްޑޫ ސިޓީގައި 24 ގަޑިއިރަށް ވިޔަފާރުކުރަން ބޭނުންވަނީ އެންމެ ފަރާތަކުން!

14 May 2019 | 13:44

އިކޮނަމިކް މިނިސްޓްރީން 24 ގަޑި އިރަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް ނިންމުމާއެކު އެކަމަށް އެދި އައްޑޫ ސިޓީން އެދިފައިވަނީ އެންމެ ފަރާތަކުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އައްޑޫ ސިޓީގައި 24 ގަޑި އިރަށް ވިޔަފާރި ކުރަން ބޭނުންވާ ފަރާތަކަށް އަންނަ ހަފްތާގައި ހުއްދަ ދޭން ފަށާނެކަމަށެވެ.

އިކޮނަމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އާމިނަތް ނާދިޔާ ވިދާޅުވެފައިވާ ގޮތުގައި މި ހުއްދަ ދިނުމަށް ލަސްވެގެން ގޮސްފައިވަނީ އިދާރީ ބައެއް ކަންކަން ފުރިހަމަ ނުވެ ހުރުމުންކަމަށެވެ.

މާލެގައި 24 ގަޑި އިރުގެ ވިޔަފާރި ކުރުމަށް 14 ތަނަކަށް ހުއްދަ ދީފައިވެއެވެ. އަދި މިނިސްޓްރީގެ އުންމީދަކީ އައްޑޫއިން އިތުރު ފަރާތްތައް މިކަމަށް ކުރިމަތިލުންކަން ނާދިރާ ހާމަކުރެއްވިއެވެ.

މިނިސްޓްރީން 24 ގަޑިއިރަށް ވިޔަފާރި ކުރަން ބޭނުން ވާފަރާތްތަކަށް ހުއްދަ ދެނީ ސާފު ތާހިރު ސަލާމާތީ ފިޔަވަޅު އެޅި ރަނގަޅަށް މޮނިޓަރ ކުރެވޭ ތަންތަނަށެވެ.

Advertisement

ކޮމެންޓް