ރިސޯޓް ހެދުމަށް އިތުރު ރަށްތަކެއް ހުޅުވާލަނީ

14 May 2019 | 17:20

މިއަންނަ ޖުލައިމަހުގެ ކުރިން ރިސޯޓް ހެދުމަށް އިތުރު ރަށްތަކަކަށް ބިޑްކުރުމުގެ ފުރުސަތު ހުުޅުވާލާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަފުުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރިސޯޓު ހަދަން އަލުން ރަށްތައް ދޫކުރުމުގައި އިސްކަންދޭނީ މިހާރު ޓޫރިޒަމް ފުޅާވެފައި ނުވާ އަތޮޅުތަކުގައި ފުޅާ ކުރުމަށް ކަމަށެވެ.

ނަމަވެސް، ރިސޯޓު ހަދަން ދޫކުރަން ނިންމާފައިވާ ރަށްތަކުގެ އަދަދެއް މިނިސްޓަރ ހާމަކުރައްވާފައެއް ނުވެއެވެ.

އަލީ ވަހީދު ވިދާޅުވީ ރިސޯޓު ހަދަން މިހާރު ވެސް ގިނަ އަދަދެއްގެ ރަށްތަކެއް ދޫކޮށްފައިވާ ކަމަށާއި އެ ރަށްތަކުގެ މަސައްކަތް އަވަސްކޮށް، ހުޅުވުމަށް، އެ ރަށްތައް ތަރައްގީކުރާ ފަރާތްތަކަށް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"މި ސަރުކާރުން ބޭނުންވޭ ރައްޔިތުން 10 އަހަރު ވަންދެން މަޑުކޮށްގެން ތިބެންޖެހޭ ޖެހުމަށް ނިމުމެއް ގެންނަން. ނުހެދި ހުރި ރަށްތައް ތަރައްގީކުރުމަށް ފައިނޭންސް ހޯދާނަން. އަދި ފައިނޭންސް ހޯދޭނެ ގޮތްތައް ފަހިކޮށްދޭނަން. އެހިސާބުން ވެސް ދެން ނުވާކަމަށް ވަންޏާ އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" އެބޭފުޅާ ވިދާޅުވި އެވެ.

Advertisement

ކޮމެންޓް