މިއީ ނަމޫނާ ފުލުހެއް: ޑިއުޓީން ބޭރުގައިވެސް އާންމުންނަށް އެހީވުމުގައި

15 May 2019 | 20:09

ދިވެހި ފުލުހުންގެ ޚިދުމަތް އުފެދުނީއްސުރެ ފުލުހުން ފާހަގަވެފައިވަނީ އާންމު ފަރާތްތަކުން އެފަރާތްތަކުގެ އެހީއަށް އެދިއްޖެނަމަ، ވީ މިންވަރަކުން އެހީވާ ފަރާތްތަކެއްގެ ގޮތުގައެވެ. އެއީ މުޅި މުއައްސަސާއާއި ވަކިވަކި އޮފިސަރުންވެސް ހިމެނޭ ގޮތުންނެވެ.

ފުުލުހުންގެ އެހީގެ އަތް، ޑިއުޓީގެ ވަގުތުތަކާއި ޑިއުޓީ ނޫން ވަގުތުތަކުގައިވެސް އާންމުންނަށް ދަނީ ލިބެމުންނެވެ. މިފަދަ މިސާލެއް މި ހިނގަމުންދާ ބަަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައިވެސް މިވަނީ ފެނިފައެވެ. ޑިއުޓީން ބޭރުގައިވެސް ކިތަންމެ ކުޑަ އެހީއަކަށް ނަމަވެސް އެދިއްޖެނަމަ، އާންމު ފަރާތްތަކަށް އެ އެހީ ފުުލުހުން ދޭނެކަމުގެ ޔަގީންކަން ދޭނެ މަންޒަރެއް ވަނީ ފެނިފައެވެ.

ހުޅުމާލެއަކީ ނިސްބަތުން ބަލާއިރު ބޮޑު ރަށެކެވެ. ވަރަށް ފަރިތަވެގެން މެނުވީ ހުރިހާ މަގެއްގައި ނުހިނގޭނެއެވެ. އެހެންކަމުން ހުޅުމާލޭގައި އުޅޭ ގިނަ ފަރާތްތަކަށްވެސް ބައެއްފަހަރަށް އެ ރަށުގެ މަގުތައް އޮޅެއެވެ.

އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގެ މަގުމައްޗަށް ނުކުމެ އުޅުނު މުސްކުޅި މީހަކަށްވެސް ވީ އެފަަދައިންނެވެ. ވަކި ހިސާބަކުން މަގުއޮޅި، އަނބުރާ ގެއަށްދާން ނޭނގިފައި ހުރެވުނީއެވެ.

އެ ނާޒުކު ހާލަތުގައި ހުއްޓާ އެމީހާއަށް އެހީގެ އަތެއް ދިއްކޮށްލީ ޑިއުޓީން ބޭރުގައި ހުރި ފުުލުހެކެވެ. މި އަންހެން ފުލުސް މީހާ އެ ދުވަސްވީ މީހާ ގޮވައިގެން ގެއަށް ގެންދާ މަންޒަރު ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. މި މަންޒަރާއި އެކު ފުލުހުންނާާއި އެ ފުލުސް އޮފިސަރަށް ގިނަބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement