ށ.ފޭދޫ އަންހެންމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި

15 May 2019 | 22:52

ށ.ފޭދޫގައި އެކިއެކި ގޯނާތައް ލިބެމުންދިޔަ ޔާސްމީން ނަމަކަށް ކިޔާ އަންހެންމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ.ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލައެއްގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ ރައްކައުތެރިކަން ދައުލަތުން ވަނީ ފޯރުކޮށްދީފައިކަމަށެވެ.

" މި އަނިޔާވެރި ޢަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން" މިނިސްޓަރ ވިދާޅުވިއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ އަންހެންމީހާ މިހާރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައިކަމަށާއި އެމީހާ ރައްކާތެރި ތަނަކަށް ގެންދިއުމަށް ފުލުހުން އެގޭގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޔާސްމީން މީގެ ފަހުން ދިރިއުޅޭނީ ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިކަމަށް މީޑިޔާ އޮފިޝަލް ވަނީ ބުނެފައެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ޕޯސްޓެއްގައި ފެންނަ ގޮތުގައި މި އަންހެންމީހާގެ ގައިގައި ރޯނުން އެއްސުމަށްފަހު ވަނީ މަގުމަތީގައި ހުރިހޮޅިދަނޑިއެއްގައި ބަނދެފައެވެ. އަދި އޭނާގެ ގައިގައި ގޯންޏެއްވެސް ވަނީ އައްސާފައެވެ.

Advertisement

ކޮމެންޓް