Advertisement

ހައިވޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އެއް އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

15 May 2019 | 22:56

ހުޅުލެ-ހުޅުމާލެ ހައިވޭ މަތީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އެއް އަހަރުގެ ތުއްތު ކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުގައި މާލެއިން ހުޅުމާލެއަށް ކުޑަކުއްޖަކު ގޮވައިގެން ދުއްވާފަ ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންގޮސް ހައިވޭ ރާޑަރު ކައިރިން ފެންސްގައި ޖެހިގެންކަމަށެވެ.

މި ހާދިސާގައި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 46 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ދަތްދޮޅި އާއި ދެ ކަކޫ އަދު އުޅަބޮށި މަށައިގެން ގޮސްފައިވެ އެވެ.

އަދި އޭނާއާއި އެކު އެ ސައިކަލުގައި އިން އެއް އަހަރާއި ނުވަ މަހުގެ ކުއްޖެއްގެ ބޯވެސް ވަނީ ތިން އިންޗިއަށް ކަަފައިގެން ގޮސްފައެވެ.

މިއެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާ އަށާއި ކުއްޖާއަށް ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Advertisement

ކޮމެންޓް

Advertisement