ނިޒާމުގެ ތެރެއަށް ގެއްލިގެން ނުދާނެތޯއެވެ؟

16 May 2019 | 12:01

އިއްޔެގެ ހަވީރުގެ ވަގުުތުގައި ލިޔަން އައި ޚަބަރެކެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ ޕޯސްޓެއްގެ މައްޗަށެވެ ށ.ފޭދޫގައި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ހޮޅިދަނޑިއެއްގައި އައްސާފައި ބެހެއްޓީއެވެ. ބަރު ހިތަކާއި އެކު އެ ޚަބަރު ލިޔެ ނިންމާލެވުނު އިރު ހިތަށް އެރިއެވެ. ސަހަރޯއެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީބާވައެވެ؟ އެ އަންހެންމީހާގެ ހާލަތާއި މެދު ހަމްދަރުދީ ވާނެ ފަރާތެއް ނެތީތޯއެވެ؟

މިކަމާއި ގުޅިގެން ވޮއިސްއަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޝާމިރު ވިދާޅުވީ މީގެ ކުރިންވެސް އެ އަންހެންމީހާއަށް އެކިކަހަލަ އަނިޔާާ ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޔާސްމީން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ޖެންޑަރ މިނިސްޓަރ ސިދާތާއަށް ސިޓީވެސް ފޮނުވާފައިވާނެކަމަށާއި، މީގެ ހަތަރު ދުވަސް ކުރިން މިނިސްޓްރީގެ ޓީމަކުން އައިސް އޭނާގެ ހާލަތު ބަަލައި، ނަފްސާނީ ޓެސްޓްތަކެއް ހެދުމަށް ހދ.ކުޅުދުއްފުއްޓަށް ގެންދާނެކަމަށް ބުނިކަމަށްވެސް ޝާމިރު ވިދާޅުވިއެވެ.

އިއްެޔެ މީޑިޔާގައި މި ޚަބަރު ފެންމަތިވުމާއި އެކު ރޭގެ ވަގުތެއްގައި އެ އަންހެންމީހާ ވަނީ ޖެންޑަރގެ ބެލުމުގެ ދަށަށް، ރައްކާތެރި މާހައުލަކަށް ގެންދެވިފައެވެ. ނަމަވެސް މި ހާދިސާ މިހާ ހިސާބުން ނިމުނީކަމަށް ހީކުރެވިގެން ނުވާނެއެވެ.

ޔާސްމީން ނަމަކަށް ކިޔާ މި އަންހެންމީހާއަށް އެކި އަނިޔާތައް ލިބޭ ވާހަކަ އެކި ފަހަރުމަތިން ކައުންސިލް އިދާރާއިން ކަމާބެހޭ ފަރާތްތަކަށް އެންގިކަމަށް ކައުންސިލުން އެބަ ބުނެއެވެ. އެހެންކަމުގައިވަނީނަމަ، މި ހާލަތު މިހާ ގޯސްވަންދެން އެކަށީގެންވާ ފިޔަވަޅެއް ނޭޅިފައި އޮތީ ކީއްވެތޯއެވެ؟ ޔާސްމީންގެ ވާހަކަ މީޑިޔާއަށް ނޭނގުނުނަމަ، އެ ހާލުގައި އޭނާ އަބަދުމެ ހުންނަން ޖެހޭނީތޯއެވެ؟

ޔާސްމީނަށް އެކި އަނިޔާތައް އެކި ފަހަރުމަތިން ދެމުންދިޔަ ރަހުމު ކުޑަ މީހުން ކޮބައިތޯއެވެ؟ އެފަދަ ކުޑަ ރަށެއްގައި ހިނގާ އެފަަދަ ހާދިސާތަކުގެ ބައިވެެރިން ފޮރުވިގެން ތިބުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. ސުވާލަކީ މި މައްސަލައަށް ފުލުހުން ކުރިން އެޓެންޑްނުވީ ކީއްވެތޯއެވެ؟ ޔާސްމީނަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށްވުމުން އޭނާގެ ނަފްސު ރައްކާތެރިކުރުމުގެ ހައްގު ނެތީތޯއެވެ؟

ޔާސްމީން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިއްޖެއެވެ. އަނިޔާގެ ވޭންދެނިިވި އަތްތަކުން ސަލާމަތުގެ އައްސޭރިއަކަށް ވާސިލްވެވިއްޖެއެވެ. މިކަމަށްޓަކައި ކަމާއިބެހޭ އިދާރާތަކަށް ޝުކުރު ހައްގެވެ. ނަމަވެސް މިކަން ކުރިން ވެފައިނެތީ ކީއްވެތޯވެސް ސުވާލު އުފެދެއެވެ. މިފަދަ އަނިޔާާވެރި މައްސަލައެއް އެންމެފަހުން ކުރިމަތިިވި ތުއްތު އިބްތިހާާލަށް އަދިވެސް އިންސާފު ނުލިބެއެވެ. ނިޒާމުގެ ތެރެއަށް އިބްތިހާލުގެ މައްސަލަ އޮތީ ގެއްލިގެންގޮސްފައެވެ. ޔާސްމީންގެ މައްސަލައަށް މިފަދަ ގޮތެއް ނުވުމަށް ކަމާއިބެހޭ އެންމެހާ އިދާރާތަކުން މަސައްކަތް ކުރަންޖެހެއެވެ. އެކަމަށް ގިނަބަޔަކުވެސް އިއްތިފާގުވެއެވެ.

އެހެނަސް މުއައްސަސާތަކުގެ ޒިންމާއިން މި މައްސަލަ ނިންމާާލެވޭކަށް ނެތެވެ؟ މުޖުތަަމައުގެ އަފްރާދުންގެ ފަރުދީ ޒިންމާ ކޮބައިތޯއެވެ؟ ހަގީގަތަކީ މިއީއެވެ. މުޅި ގައުމު އެކުގައިހެން ލަދުން ކަރުއެލުވާލަން ޖެހޭކަމެވެ. ޔާސްމީނާއި އިބްތިހާލު ފަދަ އެތަކެއް ފަރާތެއް ރައްކާތެރިކުރުމުގައި މިގައުމު ފެއިލްވެފައިވާކަމީ ހިތި ހަގީގަތެވެ. އެ ހަގީގަތް ބަދަލުކުރުން މިވަނީ ވާޖިބުވެފައެވެ.

Advertisement

ކޮމެންޓް