ލުތުފަރު މަރާލީ އެއްޖިންސުން ގުޅުންހިންގަން މަސައްކަތްކުރާ ކަމަށް ބުނެ: ފުލުހުން

16 May 2019 | 15:46

 މިދަޔަ މަހުގެ 22 ވަނަ ދުވަހު ށ. ޅައިމަގުގައި ކުރިމަގު ބޯޓުގައި ލުތުފަރު ކިޔާ ބިދޭސީއަކު މަރާލީ އޭނާ އެއްޗިއްސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކޮށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލުތުފަރު ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ ޅައިމަގު މީހުން އެނާ ގެއްލުމުން ހޯދާ ނުފެނުމުންނެވެ، ލުތުފަރާއިއެކު އިތުރު ތިންމީހުން ކުރިމަގު ބޯޓުގައި މަސައްކަތްކުރަމުން ދެއެވެ.

އެ މައްސަލައިގެ މައުލޫމާތު ދިނުމަށް މިއަދު ފުލުހުން ބޭއްވި ޕްރެސް ބްރީންފިންގައި ފުލުހުން ބުނީ ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ މިނި ކަށިތަކެއް ކަނޑުގެ އަޑިން ފުލުހުން ހޯދި ކަމަށެވެ. އަދި ލުތުފަރު މަރާލުމުގައި އުޅުނީ ތިން ބިދޭސީއަކު ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

ލުތުފަރު މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނިފައި ވަނީ މޫދު ތެރެއިންނެވެ، ފުލުހުން އިތުރަށް ބުނިގޮތުގައި އެކިފަހަރު މަތިން ދޯނީގެ ތިބި މީހުންނާއެކު ޖިންސީ ގުޅުން ހިންގަން ލުތުފަރު  މަސައްކަތް ކޮށްފައިވާ ކަމަށް ތަހުގީގަށް އެނގެއެވެ. ތަފުސީލް އަންނަނީ...



Advertisement

ކޮމެންޓް