އިންތިހާބު ބާތިލްކުރުމުގެ މައްސަލައަށް ގުޅިފައިވާ ޕާޓީތަކުން ތަދައްޚުލް ވެއްޖެ

13 Oct 2018 | 18:22

ނިމިގެންދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތުރީ މައްސަލައެއްކަމަށް ބުނާ މައްސަލައަށް ގުޅިފައިވާ ޕާޓިތަކުން ތަދައްޚުލްވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސިޔާސީ ގިނަ ބޭފުޅުންތަކެއްގެ ވަކީލުކަން ކުރައްވާ ހިސާން ހުސެއިން މިއަދު ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް ނުވަތަ ތަދައްޚުލްވުމަށް ގުޅިފައިވާ ޕާޓީ ތަކުން ބުރާސްފަތި ދުވަހު ހުށައަޅާފައި ވާނެކަމަށާއި ހަމަ އެދުވަހު މައްސަލަ ރަޖިސްޓްރީކޮށް އެ މައްސަލައިގެ ތެރެއަށް ވަނުމަށް ހުއްދަ ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ހިސާން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ގުޅިފައިވާ ޕާޓީ ތަކުން މަސައްކަތް ކުރައްވާ ގާނޫނީ ޓީމުގައި ހަ ވަކީލަކު ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަދުވަހު އެވެ.

މިމައްސަލައިގަ ފާހަގަ ކުރައްވާފައިވާ މައިގަނޑު ކަންތައްތަކަކީ ހުށަހަޅުއްވާފައިވަނީ ވޯޓުލީ ދުވަހު އިންތިހާބާ ގުޅުންހުރި ބައެއް އޮފިޝަލުން އަގޮނޓިއެއް ބޭނުންކުރި މައްސަލައާއި، ސިއްރު ހެއްކާއި، ވޯޓް ކަރުދާސް ޕްރިންޓް ކުރި އެމް ސެވަންއާއި މެދު އޮތް ޝަކުވާތަކެވެ.

Advertisement

ކޮމެންޓް

Advertisement