ADS BY ADS BY QIBLA HAJJ & UMRAH

ބައިބަލާ މިއަހަރު އޮންނާނެ!

- 3 months ago 2 - ޝަފްރާޒް އހ

ފިތުރު އީދާ ގުޅުވައިގެން ރާއްޖޭގެ ބައިބަލާ އެސޯސިއޭޝަނުން ބާއްވާ ބައިބަލާ މުބާރާތް މިއަހަރުވެސް އޮންނާނެކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

ADS BY ADS BY KALIMERA

ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން "ވޮއިސް" އާއި ވާހަކަ ދައްކަވަމުން ޢަލީ ޝާން(ސަޓޯ) ވިދާޅުވެފައިވަނީ މި އަހަރުގެ ބައިބަލާ މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިކަމަށެވެ.

މުބާރާތުގައި ބައިވެރިވާ ބައެއްޓީމުތަކުން މިހާރު އަންނަނީ މުބާރާތައް ޕްރެކްޓިސް ފާށާފައެވެ. މީގެއިތުރުން ގިނަ ސަރަހައްދުތަކުގައި މިހާރު ވަނީ ބައިބަލާ ރިންގް އަޅާފައެވެ.

މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ދެވަނަ ދުވަހުކަމަށް ސަޓޯ މައުލޫމާތު ދެއްވައެވެ. އަދި މުބާރާތް ބޭއްވުމަށް ހަމަ ޖެހިފައިވަނީ މިދިޔަ އަހަރުވެސް ބޭއްވި މާލެ ކުޅިވަރު އެކުވެރި މެރީ ބްރައުން ފުރަގަހުގައި ކަމަށް މައުލޫމާތު ދެއްވައެވެ.

އަގު ބޮޑު ފައިސާގެ އިނާމް ހުށަހެޅިފައިވާ ބައިބަލާ މުބާރާތުގެ ޗެންޕިއަން ޓީމަކަށް 100،000 ރ، ރަނާރަޕް ޓީމަށް 40،000 އަދި މިސްޓަރ ބައިބަލާއަށް 10،000 ރުފިޔާ ވަނީ ހުށަހަޅާފައިވާ މިމުބާރާތުގެ ފެއާ ޕްލޭޓީމަށް 15،000 ހުށަހަޅާފައިވެއެވެ.

ނުވަދިހާއިގެ އަހަރުތަކުގައި ބާއްވަން ފެށި މި މުބާރާތުގައި ސާޅީހަށް ވުރެ ގިނަ ޓީމު ބައިވެރިވަމުން އަންނަ އާދެއެވެ. ކުރިން ދިވެހިރާއްޖޭގެ އަޑުން އަދި ފަހުން ޔޫތް މިނިސްޓްރީން ބޭއްވި މި މުބަރާތް ބައިބަލާ އެސޯސިއޭޝަން އުފެދުމާއެކު ކުރިއަށް ދަނީ އިންތިޒާމް ރަނގަޅުކޮށެވެ.

66%

33%

0%

ADS BY ADS BY DHIRAAGU
2 ކޮމެންޓް

ކޮން ދުވަހަކުތޯ؟

މިހާރު ކުރިން ވަރެއް ނުވޭ!

ހަބަރު