ރޯދަ ވީއްލަން ރެސްޓޯރެންޓުތައް މިހާރު އޮންލައިންކޮށް ބުކް ކުރެވޭނެ.

21 May 2019 | 13:59

ރޯދަވީއްލަން ރެސްޓޯރަންޓު އަދި ކެފޭތައް އޮންލައިންކޮށް ބުކް ކުރެވޭނެ އިންތިޒާމް "ޕޭޔާރ" އިން ހަމަޖައްސައިފިއެވެ. ޕޭޔާރގެ "އިފްތާރް ބުކިން" ހިދުމަތް މެދުވެރިކޮށް އޮންލައިންކޮށް ކެފޭ/ރެސްޓޯރެންޓުތަކުގެ މެނޫތައް ބަލާލައި، ބުކްކޮށް، ވަގުތުން ފައިސާ ދައްކާލެވޭނެއެވެ. މި ހިދުމަތް ޕޭޔާރގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ލިބެން ހުންނާނެއެވެ.

ފޭޔާރއިން އޮންލައިކޮށް އިފްތާރު ބުކިން ހިދުމަތް ދިނުމުގެ ބޭނުމަކީ ވީހާވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ މެނޫތަކެއް ބަލާލައި ފަސޭހައިން ބުކްކޮށްލެވޭނެ ނިޒާމެއް ގާއިމްކުރުމެވެ. ކެފޭ އަދި ރެސްޓޯތެންޓުތަކަށް ގުޅައި އަދި ސޯޝަލް މީޑިއާ ޕޭޖްތައް ބެލުމުގެ ބަދަލުގައި، ޕޭޔާރ މެދުވެރިކޮށް އެއްތަކަނުކް ހުރިހާ މެނޫތައެއް ބަލާލެވޭނެއެވެ.

"ޕޭޔާރ" އަކީ އޮންލައިންކޮށް ރާސްޓަސް، ރީލޯޑު، އަދި ބިލުތައް ދެއްކުންފަދަ ހިދުމަތްތައް ދޭ އެޕްލިކޭޝަނެކެވެ. ޕޭޔާގެ މަގްސަދަކީ ހުރިހާ ޕޭމަންޓްތަކެއް އެއްތަނަކުން ދެއްކޭނެ ވަސީލަތެއް ގާއިމުކުރުމެވެ.

Advertisement

ކޮމެންޓް