Advertisement

އައްޑޫ ކައުންސިލްއާއި ސާމަނު ހަވާލުކުރިތާ 8 މަސް، އަދިވެސް މަސައްކަތް ނުފެށޭ!

21 May 2019 | 14:54

އައްޑޫސިޓި ލިންކްރޯޑް ދިއްލުމަށްޓަކައި ބޭނުންވާ ސާމާނުތަކުގެ ތެރެއިން ރިފްލެކްޓަރއާއި، މަގުގެ މެދުގަ ޖަހާފަހުންނަންޖެހޭ ޑިވައިޑާސްތަކާއި އަދި ސްޕީޑް މަޑުކުރުމަށްޓަކައި ގެންނަންޖެހޭ އާލާތްތައް ހޯދާފައި އައްޑޫސިޓީ ކައުންސިލާއި ހަވާލުކޮށްފައިވީ ނަމަވެސް އަދިވެސް އެ ސާމާނުތައް އައްޑޫގެ މަގުތަކުގައި ހަރުކުރެވިފައި ނުވާކަމަށް ޓްރާންޕޯޓް މިނިސްޓްރީން ބުނެއެވެ.

މިކަން ހާމަކޮށްފައިވަނީ ޓްރާންޕޯޓް މިނިސްޓްރީގެ ޑައިރެކްޓަރ ހަސަން ނަޒީރް ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޖުމްލަ ދެމިލިއަނެއްހާ ރުފިޔާގެ މިތަކެތި ކައުންސިލައާއި ހަވާލްކޮށްފައިވަނީ ސެޕްޓެންބަރ 2018 ގައި ކަމަށް ނަޒީރް ވިދާޅުވިއެވެ. އެހެންކަމުން އެތަކެތި ހަވާލުކުރިތާ އަށްވަރަކަށް މަސް ވީއިރު މިހާތަނަށް އައްޑޫ ސިޓީ ކައުންސިލުން އަމަލީ އެއްވެސް މަސައްކަތެއް ފަށާފައިނުވެއެވެ.

"އައްޑޫސިޓީ ލިންކްރޯޑްގައި އެއްވެސް އަލިކަމެއް ނެތުމުގެ ސަބަބުން އެކަން ހައްލުކުރުމަށްޓަކައި މިިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން އައްޑޫސިޓި ލިންކްރޯޑް ދިއްލުމަށްޓަކައި ބޭނުންވާ ސާމާނުތައް ހޯދާފަ އައްޑޫސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާނީ. އަޅުގަނޑުމެން މިހާރުވެސް މި އިންތިޒާރު ކުރަމުން މިދަނީ އައްޑޫސިޓީ ލިންކުރޯޑްގައި އަޅުގަނޑުމެން ހަވާލުކޮށްފަިއވާ އެއްޗެހިތައް ސިޓީ ކައުންސިލުން ހަރުކުރާނެ ދުވަހަކަށް" ޓްރާންޕޯޓް މިނިސްޓްރީގެ ޑައިރެކްޓަރ ހަސަން ނަޒީރް ވިދާޅުވިއެވެ.

ނަޒީރް އިތުރަށް ވިދާޅުވިގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމުން މި ރޯދަމަހު އެތަކެތި އިންސްޓޯލް ކުރާނެކަމަށް ބުނެފައިވެއެވެ.

މިވަގުތު އައްޑޫ ސިޓީ ކައުންސިލްއިން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަނީ އައްޑޫ ސިޓީ ބޮޑު ދިދަ ބެހެއްޓުމަށް އެސަހަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތްކަން ފާހަގަކޮށްލަންޖެހެއެވެ.

Advertisement

ކޮމެންޓް