ފަރިތަކުރުންތައް ހިންގަނީ ކަމެއް މެދުވެރިވެގެންނެއް ނޫން: އެމްއެންޑީއެފް

22 May 2019 | 01:09

ސިފައިންނާއި ފުލުހުން ގުޅިގެން ތިންދުވަހުގެ މުއްދަތަކަށް ބާއްވާ ފަރިތަކުރުންތައް ބާއްވަނީ ވަކި ކަމެއް މެދުވެރިވެގެން ނޫންކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ގައުމީ ސަލާމަތީ ބާރުން މިހެން ބުނެފައިވަނީ ނެރުނު ބަޔާނެއްގައެވެ.

އެމްއެންޑީއެފުން ބުނީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާ އާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފަރިތަކުރުންތައް ފަށާފައިވާނެކަމަށެވެ.

އަދި މިއަދު މި ފެށުނީ މި ސިލްސިލާގެ ދެވަނަ ތަމްރީނުތައްކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި ކުރިއަށް ގެންދެވޭ މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކެއް ނޫންކަމުގައި އެފަރާތުން ވަނީ ބަޔާނުގައި ފާހަގަކޮށްފައެެވެ.

އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު: 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ބަޔާން ނިންމާލަމުން އިލްތިމާސްކޮށްފައިވެއެވެ.

Advertisement

ކޮމެންޓް