އުކުޅަހުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އަޅަނީ

22 May 2019 | 17:54

އ.އ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދީފިއެވެ.

މިއީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހިމެނޭ އެހީއެއްކަން ފާާހަގަކޮށްލެވެއެވެ.

އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިޔާއިން ދީފައިވަނީ 7,806,900.00 ދިވެހި ރުފިޔާގެ ހިލޭ އެހީއެކެވެ.

މި ކޮންވެންޝަން ސެންޓަރުގެ މަޤްސަދަކީ އެ ރަށު ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިއާއިި ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުމެވެ.

އަމި ސެންޓަރު ފަރުމާކުރެވޭނީ ބައިނަލްއަޤްވާމީ ފެންފަރުގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށެވެ. މިފަދަ ކޮންވެންޝަންތައް ސެންޓަރުތައް ރާއްޖޭގެ އަތޮޅުތަކުގައި މިހާރު މަދުކަމަށް ފާހަގަކުރެވެއެވެ.

100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ

Advertisement

ކޮމެންޓް