Advertisement

ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

24 May 2019 | 13:56

އެސްޓީއޯއިން ވިއްކަމުންދާ ޕެޓްރޯލާާއި ޑީސަލްގެ އަގުހެޔޮކުރުމަށް ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދާނީ 11 ރުފިޔާ 39 ލާރިއަށްކަމަށެވެ. މީ މީގެކުރިން ހުރި އަގާއި ބަލާއިރު 10 ލާރީގެ ހެޔޮވުމުކެވެ.

ޑީސަލްގެ އަގަށް ގެނައި ބަދަލާއި އެކު މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ގަންނަން ލިބޭނީ 11 ރުފިޔާ 97 ލާރި އަށެވެ. މީ ކުރިން ހުރި އަގާއި ބަލާއިރު 14 ލާރީގެ ހެޔޮވުމެއްކަން ފާހަގަކޮށްލެވެއެވެ.

މީގެކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 11 ރުފިޔާ 49 ލާރިއަށްކަމަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 12 ރުފިޔާ 11 ލާރިއަށެވެ. 

Advertisement

ކޮމެންޓް