Advertisement

ރައީސް ޞާލީހް އާއި ރައީސް ނަސީދުގެ ހިޔާލި ކަފިވެފައި!

24 May 2019 | 16:36

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގެންނާނެ ބޭފުޅަކާއިމެދު އެމްޑީޕީގެ މެންބަރުގެ މެދުގައި މިހާރު މިވަނީ ހިޔާލު ތަފާތުވެ އެކަމުގެ ބަހުސްތައް ހޫނުވެފައެވެ.

ރިޔާސީ އިންތިޙާބުގެ ކުރިންވެސް އަދި މިހާރުވެސް ދެކެވެމުންދާ އެންމެ ހައްސާސީ އެއް ވާހަކައަކީ ރައީސް ސޯލިހް އާއި ރައީސް ނަސީދު އެއް ވިސްނުމެއްގައި ކިހާދުވަހަކު ކުރިއަށް ދެވިދާނެތޯއެވެ. އެ ސުވާލުގެ ޖަވާބު އެކި ގޮތްގޮތަށް ދެވިދާނެއެވެ.

ފަހަރުގައި އެންމެ އިންސާފްވެރި ގޮތަކީ ހަވަރަކަށް މަސްދުވަހު އެއްވިސްނުމެއްގައި ނޫންނަމަ އެއް ފިކުރެއްގައި ކުރިއަށް ގޮސްފިއޭބުނުމެވެ. ނަމަވެސް އެއީ ހަޤީގަތުގައިވެސް ކަންއޮތްގޮތްތޯ ސުވާލު އުފެއްދުމަކީ ގިނަބަޔަކު ބޭނުންވާނެކަމަކެވެ.

ރައީސް ޞާލިހަށް ރާއްޖޭގެ ވެރިކަން ލިބުމާއެކު އެމްޑީޕީގެ މެމްބަރުންގެ އިތުރުން ސިޔާސީ ހުރިހާ ފަރާތަކުން ސުވާލު އުފަށްދަމުންދިޔައީ އެމްޑީޕީގެ ފަރާތުން ފަހުބަސް ބުނާނީ ކާކުތޯއެވެ. ކުރުކޮށް ބުނަންޔާ ރައީސް ނަސީދުގެ ބަރާއި ނުފޫޒަށް ބަދަލްތަކެށް އަންނާނެތޯއެވެ. އަނެއްކާވެސް ބުނަންޖެހޭނީ އެ ސުވާލުގެ ޖަވާބު ދެތިންގޮތަށް ނެރެވިދާނެކަމެވެ.

އެއްގޮތަކީ ފޮތުގައި އޮތްގޮތުން ބުނާނަމަ ރައީސް ނަސީދަކީ މިހާރު އެމްޑީޕީގެ އާއްމު މެންބަރެކެވެ. އަނެއްގޮތަކީ ރައީސް ޞާލިހު ދެއްވި ޖަވާބެވެ. "އެމްޑީޕީގެ އެންމެ އިސްފަރާތަކީ އަޅުގަނޑެވެ".

ރައީސް ޞާލީހުގެ އެޖަވާބުވެގެން ދިޔައީ އެމްޑީޕީގެ ތެރޭގައި ދެފިކުރެއް އެޅޭކަމަށް ދެކެވޭ ވާހަކަތަކަށް ޔަގީންކަން ލިބުނު ޖަވާބެކަށެވެ. ހަވަރަކަށް މަހު ދެކެވެމުން އައި ވާހަކަތަކަށް ރައީސް ޞާލިހު ދެއްވި ބަރުދަންހުރި ކެއްތެރި ޖަވާބެކެވެ. އެހެންވުމާއިއެކު އެމްޑީޕީގެ ތެރޭގައި ދެވިސްނުމެއް ނެތޭބުނެވޭނެ ފުރުސަތެއް މިހާރަކުނެތެވެ.

2019 ވަނައަހަރު ރައްޔިތުންގެ މަޖިލީހުގެ ބޮޑު ކަމިޔާބީ ވެގެންދިޔައީ ރައީސް ޞާލިހަށް ލިބުނު އެންމެ ބޮޑު ކަމިޔާބީއަށެވެ .އަދި ވައުދުތަށް ފުއްދަން ލިބުނު ބޮޑު އުންމީދަކަށެވެ. ނަމަވެސް ކަމިޔާބު ދެމެހެއްޓުމަށް މަޖިލީހުގެ ރައީސްކަމަށް ރައީސް ޞާލިހު ބޭނުންފުޅު މިހާކު ހުރުމަކީ މުހިންމުކަމެކެވެ. ނަމަވެސް ފަސޭހަފުޅު ކަމެއް ނޫންކަން ހުދު ރައީސް ޞާލިހަށްވެސް އިނގިވަޑައިގަންނަވައެވެ.

ދެ ރައީސުންގެ ވިސްނުންތަފާތު

މަޖިލީހުގެ އިންތިހާބު ފެށުމާއިއެކުވެސް ދެ ރައީސުން ވަކިވަކި ކެނޑިޑޭޓުން ތަކަށް ތާއިދު ހޯއްދެވުމަށް މަސައްކަތްޕުޅު ކެރެއްވިކަން އެއީ ސިޔާސީ ޅަކުއްޖަކަށްވެސް އިނގޭ ވާހަކައެކެވެ. އެކަމުގެ ހެކި މިއަދު ފެންނަލެއްގިނައެވެ.

އެމްޑީޕީގެ ތެރެއިން މަޖިލިސް ރައީސްކަމަށް ރައީސް ޞާލީހް އާއި ރައީސް ނަޝީދު ދެކެނޑިޑޭޓުން ނެރުމަކީ އެއްބަޔަކަށް ޑިމޮކްރަސީއެވެ. އަނެއްބަޔަކަށް އަމިއްލަ ސިޔާސީ ވިސްނުން އިސްކުރުމެވެ. ކޮންމެގޮތެއް ވިޔަސް ރައީސް ޞާލިހު ތާއިދު ކުރައްވަނީ އަފީފް އަށެވެ. ރައީސް ނަސީދުގެ ވިސްނުންފުޅު ހުރީ އަސްލަމް އާއިއެކުއެވެ.

އެމްޑީޕީގެ ތެރެއިން ވާހަކަދައްކަމުން ބައެއް މެންބަރުން ވިދާޅުވީ ރައީސް ޞާލިހުގެ ބޭނުންފުޅަކަށް ވަނީ ގައުމު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަތުމާއެކު އެޖެންޑާ 19 ތަންފީޒުކުރުމެވެ އެހެންކަމުން ރައީސް ބޭނުންފުޅުވާ އަދި އިތުބާރުކުރާ ބޭފުޅަކު މަޖިލީހުގެ ރައީސްކަމަށް ގެނައުންމުހިންމެވެ.

ދެންއުފެދޭ ސުވާލަކީ ރައީސް ނަސީދު ވަކި ބޭފުޅެއް ނެރުމުގެ ބޭނުމަކީ ކޮބާ؟

އެމްޑިޕީގެ ބައެއްމެންބަރުން ވިދާޅުވާ ގޮތުގައި ރައީސް ނަސީދުގެ މިވަގުތުގެ ބޭނުމާކީ ރައީސް ނަސީދުގެ ސިޔާސީ ކެރިޔާ ކުރިއެރުވުމެވެ. ނޫންނަމަ ވަކިގޮތަކަށް މަޖިލީހުގެ ތެރެއިން ވަކިކަމެއްހާސިލް ކުރުންކަމަށް ވެދާނެއެވެ. ދެންއުފެދޭ ސުވާލަކީ ރައީސް ނަސީދުގެ ވިސްނުން އޮތީ ބޮޑުވަޒީރުކަމާ ދިމާލަށް ބާވައެވެ؟ ފަހަރުގައި އަދި ރައީސް ނަސީދުގެ މަގުސަދާއިމެދު ސުވާލު އުފެއްދުން އަވަހެވެ. ނަމަވެސް ރައީސް ނަސީދުގެ ވިސްނުންފުޅު ހުރީ ބަރުލަމާނީ ނިޒާމަކާމެދުކަން ސައްކެއްނެތެވެ.

ކޮންމެގޮތެއްވިޔަށް ދެރައީސުންގެ ހިޔާލުތަފާތުކަން ޔަޤީނެވެ. ނަމަވެސް ރައީސް ޞާލިހުއަށް ވައުދުތަށް ފުއްދުމުގެ މަގު އެމްޑީޕީ މަޖިލީސް މެމްބަރުން ދޭންޖެހެއެވެ. އެއީ ސަރުކާރަށް އަދި ރައްޔިތުންއަށް އެމްޑިޕީން ވި ވައުދުތަށް ފުއްދުމަށެވެ.

Advertisement

ކޮމެންޓް